ސްވެޗް ބްރެންޑުގެ ގަޑި އާއި ގަހަނާ ރާއްޖޭގެ ބާޒާރަށް ނެރެފި

ރީފް ސައިޑުން އަލަށް ތަޢާރަފު ކުރި ގަޑި ދައްކާލަނީ. ފޮޓޯ: ހަވީރު ނިއުސް ނަސްރުﷲ
ރީފް ސައިޑުން އަލަށް ތަޢާރަފު ކުރި ގަޑި ދައްކާލަނީ. ފޮޓޯ: ހަވީރު ނިއުސް ނަސްރުﷲ

 

ރީފްސައިޑް ޓައިމްލައިންގެ ފަރާތުން ސްވިޒަރލޭންޑްގެ ބްރޭންޑެއް ކަމަށްވާ ސްވެޗް ބްރޭންޑްގެ ގަޑި އާއި ޖުވެލަރީޒް ރާއްޖޭގެ ބާޒާރަށް ތަޢާރަފް ކޮށްފި އެވެ.

މިކަމަށްޓަކައި ރީފްސައިޑް ޓައިމް ލައިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރީފްސައިޑް ކޮމްޕެނީގެ ސީނިއަރ މާކެޓިންގ އެކްޒެކެޓިވް ޢަބްދުﷲ ވަހީދު ވިދާޅުވީ މި ބްރޭންޑަކީ ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެއް ކަމަށާއި އަދި ގަޑި އަކީ ގިފްޓިންގ އަށް ވަރަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ އެއްޗެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އިސްލާމިކް ބޭންކުގެ ކޮންސިއުމަރ ފައިނޭންސް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި މިގަޑި އަށާއި ޖުވެލަރީޒް އަށް އެއް އަހަރުގެ ވޮރަންޓީ ލިބޭނެ ކަމަށެވެ.

ރާޑޯ، ޓިސޯ، ސްވޮޗް އަދި ސީކޭ ބްރޭންޑްގެ ގަޑި ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ރީފްސައިޑް ޓައިމް ލައިން އިން އަލަށް މި ތަޢާރަފު ކުރި ސްވެޗް ބްރޭންޑް އިތުރުން ބަލްމެއިން އާއި ސިޓިޒެން ބްރޭންޑްގެ ގަޑި ރާއްޖޭގެ މާކެޓްގައި އަންނަނީ ވިއްކަމުން ނެވެ. މީގެ އިތުރުން ރީފްސައިޑުން އަންނަނި އަލޮންޖިންސް ބްރޭންޑްވެސް ވިއްކަމުން ނެވެ.

އަލަށް މި ތަޢާރަފު ކުރި ސްވެޗް ބްރޭންޑްގެ ގަޑީގެ އަގުތައް އުޅެނީ ތިންހާސް 3000 ރުފިޔާއިން ފެށިގެން 7000 ރުފިޔާ އާ ދެތެރޭގެ އަގުތަކެއްގައި ކަމަށްވެސް ޢަބްދުﷲ ވަހީދު ވިދާޅުވި އެވެ. އިލެކްޓްރޯނިކް ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރު ކުންފުނި ރީފްސައިޑުން ވަނީ އިލެކްޓްރޯނިކް ވިޔަފާރީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.