މޯލްޑިވިއަނުން ކަނޑަށް ޖައްސާ ބޯޓުގެ ޚިދުމަތް ޑިސެމްބަރ މަހު ފަށަނީ

މޯލްޑިވިއަންގެ ފްލައިޓެއް ކައިރީ އެ ކުންފުނީގެ މުއައްޒަފުން ޙަރަކާތްތެރިވަނީ
މޯލްޑިވިއަންގެ ފްލައިޓެއް ކައިރީ އެ ކުންފުނީގެ މުއައްޒަފުން ޙަރަކާތްތެރިވަނީ

 

 

 

 

 

 

 

 

މޯލްޑިވިއަން އިން ކަނޑަށް ޖައްސާ ބޯޓު (ސީޕްލޭން)ގެ ޚިދުމަތް މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިން ބުނީ ސީޕްލޭންގެ ޚިދުމަތް ފެށުމުގެ ގޮތުން ޓްވިން އޮޓޯ މަރުކާގެ ބޯޓެއް މި އަހަރުގެ ތެރޭގައި ގެނެސް ދަތުރުތައް ފެށޭވަރުވާނެ ކަމަށެވެ.

އެންމެ ބޯޓަކުން ޚިދުމަތް ފެށި ނަމަވެސް އެ ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް ގައުމީ އެއަރ ލައިނުން ބުނެއެވެ. އެ ކުންފުނިން ބުނީ ސީޕްލޭންގެ ޚިދުމަތް ދިނުމަށް އެންމެ ބަޔަކު އޮތުމަކީ އެހާ ރަނގަޅު ގޮތެއް ނޫން ކަމަށާއި ނެޝަނަލް ކެރިއާ އިން މި ޚިދުމަތް ފަށާ ވާދަވެރި މާހައުލަކަށް ދާން ޖެހޭ ކަމަށެވެ.

މޯލްޑިވިއަން އިން ވެސް ސީޕްލޭންގެ ޚިދުމަތް ބޮޑަށް އަމާޒު ކުރާނީ ފަތުރުވެރިންނަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ސީޕްލޭން ޚިދުމަތް ފެށުމަށް ހުޅުމާލޭ އިރުދެކުނު ސަރަހައްދުން 1400 އަކަމީޓަރުގެ ބިމެއް އެ ކުންފުންޏަށް ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގައި ފްލޯޓިންގ ޖެޓީ އާއި ޓާމިނަލް ހެދުމަށް ފަރުމާ ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އަދި މި ޚިދުމަތަށް ބޭނުންވާ މުއައްޒަފުން ހޯދުމަށް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ. މުއައްޒަފުން ހޯދުމުގައި ބޮޑަށް އިސްކަންދޭނީ ދިވެހިންނަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މިކަމުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ބޭރުގެ ދަތުރުތަކުން އެކުންފުންޏަށް ލިބެމުންދާ ގެއްލުން ފޫބެއްދޭނެ ކަމަށްވެސް މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވި އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.