މީރާއިން ބޭނުން ކުރަމުންދާ ޓިން ނަމްބަރަށް ބަދަލު ގެނެސްފި

މީރާގެ އިދާރާ: މީރާ އިން ބޭނުން ކުރަމުންދާ ޓިން ތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނޭ --
މީރާގެ އިދާރާ: މީރާ އިން ބޭނުން ކުރަމުންދާ ޓިން ތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނޭ —

ޓެކްސް ޕޭޔާ އައިޑެންޓިފިކޭޝަން ނަންބަރު (ޓިން) ތަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަދަލު ގެނެސްފި އެވެ.

މީރާ އިން ބުނީ މިބަދަލު ގެނެވުނީ ޓެކްސް ދައްކާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ހިދުމަތެއް ދިނުމުގެ ގޮތުން އާ ޓެކްސް އެންޑް ރެވެނިއު މެނޭޖަމަންޓް ސިސްޓަމެއް ގާއިމްކޮށް އެ ސިސްޓަމް މެދުވެރިކޮށް ހިދުމަތް ދޭން ފެށުމާ ގުޅިގެން ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ޓެކްސް ދައްކާ ފަރާތްތަކަށް ބަދަލުވެފައިވާ ޓިންގެ މައުލޫމާތު ދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އާ ޓިންއާއެކު ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީރާ އިން ބުނީ ބައެއް ފަރާތްތަކަށް އާ ޓިން ހިމެނޭ ސެޓްފިކެޓް ދޫކޮށްފަވީ ނަމަވެސް މިހާތަނަށް އާ ޓިން ނުލިބޭ ފަރާތްތަކުން އެ އޮތޯރިޓީއަށް ދިއުމުން އެމީހަކަށް އާ ޓިން ހިމެނޭ ސެޓްފިކެޓް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ވާނެ ކަމަށެވެ.

މީރާއިން ބުނީ އަންނަ މަހު އެކަކުން ފެށިގެން ޓެކްސް ދައްކާ ފަރާތްތަކުން ތައްޔާރުކުރާ ޓެކްސް އިންވޮއިސް، ބިލް އަދި ރަސީދުގައި ހުންނަން ޖެހޭނީ އާ ޓިން ކަމަށާ ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކުގެ އިތުރުން މީރާއާ އެކު ކުރާ މުއާމަލާތް ތަކުގައި ބޭނުންކުރަން ޖެހޭނީ އާ ޓިން ކަމަށެވެ.

ޓިން އަކީ ޓެކްސް ދައްކާ ފަރާތްތަކަށް ހިދުމަތް ހޯދުމަށް ފަސޭހައަކަށް ދޫކޮށްފައިވާ ޓެކްސް ޕެޔާ އައިޑެންޓިފިކެޝަން ނަންބަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.