ގޮއިދޫ ވިމެންސް ފުޓްސަލް ޗެލެންޖް: ސެމީއަށް ޓީމުތައް ހޮވިއްޖެ

ބ. ގޮއިދޫގައި މިހާރު ކުރިއަށްދާ ގޮއިދޫ ވިމެންސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލަށް ޖާޑީސް އާއި ލިލީ އާއި ވޮލްވްސް އަދި ޗަޑްސް ދަތުރުކޮށްފި އެވެ.

މި ހަތަރު ޓީމުން ސެމީ ފައިނަލުގެ ޖާގަތަށް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން މޮޅުވެގެންނެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުން ޖާޑީސް ވަނީ 1-11 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި ޖާޑީސްގެ އައިޝަތު ރަޝީދާ 7 ގޯލް ޖެހިއިރު ޒޫނާ ތިން ގޯލް އަދި އަނެއް ލަނޑު ޖެހީ ރީނާ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އައިޝަތު ރަޝީދާ އެވެ.

ދެވަނަ މެޗުގައި ފެހެންދޫ އާއި ވޮލްވްސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ނަމަވެސް ފެހެންދޫ އެއްވެސް މެޗަކުން މޮޅުނުވުމުގެ ސަބަބުން ވަނީ މުބާރާތުން ކަޓައިފަ އެވެ.

މި މެޗުގައި ވޮލްވްސް އިން ބައިކޮޅަށް ވަން ގޯލަކާ އެކު ފުރަތަމަ ހާފް ނިމުނީ 1-0 ން ފެހެންދޫ ސްޕޯޓްސް ކްލަބް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފްގައި ވޮލްވްސް އިން 2 ލަނޑު އަދި ފެހެންދޫ އިން އެއްލަނޑު ކާމިޔާބު ކުރިއެވެ.

ވޮލްވްސްގެ 2 ގޯލްވެސް ކާމިޔާބު ކޮށް ދިނީ  ނާޖިޔާއެވެ. އަދި ފެހެންދޫ ސްޕޯޓްސް ކްލަބްގެ ގޯލް ކާމިޔާބު ކޮށްދިނީ ނުހާ އެވެ. މި މެޗްގެ އެންމެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ފެހެންދޫ ސްޕޯޓްސް ކްލަބްގެ މަރިޔަމް ނަދާ އެވެ

މާދަމާ ކުޅޭނީ މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތަކެވެ. ސެމީ ފައިނަލްގައި ފުރަތަމަ ބައްދަލުކުރާނީ ޖާޑީސް އާއި ލިލީސް އެވެ. އަދި ދެވަނަ މެޗްގައި ވޮލްވްސް އާއި ޗަޑްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.