އެމްޑީޕީ ހިތާދޫ ޖަގަހައަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

އެމްޑީޕީ ހިތާދޫ ޖަގަހަ. މި ޖަގަހައަށް މިދިޔަ ހޮނިހިރު ދުވަހުގެރޭ ވަނީ ކަޅުތެޔޮ ޖަހާފައި

– އާމިރު އަބްދުއްލަތީފް

ބ. ހިތާދޫ އެމްޑީޕީ ޖަގަހައަށް ހޮނިހިރު ދުވަހުގެ ރޭ ބަޔަކު ކަޅުތެޔޮ ޖަހައިފި ކަމަށް އެމްޑީޕީ ހިތާދޫ ގޮފިން ބުނެފި އެވެ.

އެމްޑީޕީ ހިތާދޫ ގޮފީގެ ރައީސް އަދި ހިތާދޫ ކައުންސިލް މެންބަރު ޢަބްދުއްﷲ ހާރޫނު ވިދާޅުވީ މިކަމަކީ ހިތާދޫގައި ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ. އަދި މިގޮތަށް އެމްޑީޕީގެ ތަކެއްޗަށާއި މުދަލަށްދޭ ގެއްލުމަކުން އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންގެ އަޒުމަކަށް ކުޑަވެސް ލޮޅުމެއް ނާންނާނެ ކަމަށާއި ލިބިގެންދާނީ އިތުރު ހިތްވަރެއްކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެވަނީ އޭދަފުށީތިބޭ ފުލުހުން ހިތާދޫއަށް ޒިޔާރަތް ކޮށް މައްސަލަ ތަހުގީގު ކުރުން ފަށައިފައެވެ. ނަމަވެސް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.

ހިތާދޫ ކައުންސިލުން ބުނީ މިފަހަކަށް އައިސް މީމީހުންގެ މުދަލާ ތަކެއްޗަށް ގެއްލުން ދިނުން އިތުރުވާން ފަށައިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުން ހުއްޓާލުމަށްވެސް ކައުންސިލުން އިލްތިމާސް ކުރާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.