ސީސީ ކަޕްގެ ގުރުލުން މިރޭ

ސީސީ ކަޕް އެންމެ ފަހުގެ ޗެމްޕިއަން އައިޖޭ ސްޕޯޓްސް. މިއަހަރު މުބާރާތުގެ ގުރުލުން މިރޭ އޮންނާނެ

އޭދަފުށީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލަބް ކޮމްބިނޭޝަސް (ސީސީ) ގެ ފަރާތުން އަންނަ ފިތުރު އީދުގެ މުނާސަބަތުގައި އޭދަފުށީގެ ޓީމުތަކަށް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ގުރުލުން މިރޭ ބާއްވާނެކަމަށް އެ ކްލަބުން ބުނެފި އެވެ.

ސީސީގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފާސިރު ބުނީ 15 ޓީމު ވާދަކުރާ މި މުބާރާތުގެ ގުރުލުން އޮންނާނީ މަލްޓިޕާޕަސް އިމާރާތުގައި މިރޭ 9:30 ގައި ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ވެލާ ސްޕޯޓްސް، އެފްސީ ސޫޕް، ވިންސިޓޯރ، ޔަންގް ބޯއީސް، އެފްސީ ޑޮލަރު، ދަ ޗަލެންޖާސް، ގަލްފް ރިނިއު، އީޔޫ12، ދަ ލަވާސް، އައި.އޭ.އޭ.އެމް.ކޭ، ޔުނައިޓެޑް ވީ، އެސް.އޭ ފްރެންޑްސް، ފްރެންޑްސް، ކިންޑް ސްޕޯޓްސް އަދި މިއުޒިކީ ގުލްޝަންގެ ރާނީ (އެމްޖީއާރު) އެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތުގެ މެޗުތައްވެސް ކުރިއަށްދާނީ އޭދަފުށީ ސްޓޭޖް ސަރަހައްދުގަ އެވެ.

ސީސީ އިން ބުނީ މިއަހަރު ތެރޭގައި އެ ކްލަބުން އިންތިޒާމުކޮށްގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށްވެސް ތައްޔާރުވަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.