އޭދަފުށީ އަމިއްލަ ޖަމިއްޔާއެއް ކަމަވާ ކްލަބް ކޮމްބިނޭޝަން އިން އިންތިޒާމުކޮށްގެން ބާއްވާ ”ސީސީ ކަޕް ފުޓްސަލް ޓޯނަމެންޓް 2012” ރޭ އޭދަފުށީގައި ފަށައިފި އެވެ.
ކުޑައީދާ ގުޅުވައިގެން އޭދަފުށީ ސްޓޭޖް ސަރަހައްދުގައި މީގެ ތިން އަހަރު ކުރިން ފެށީގެން ސީސީ އިން ބާއްވަމުން އަންނަ މި މުބާރާތް ރެއިން ފެށިގެން އޯގަސްޓް 23 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މި މުބާރާތުގައި ރޭ ވަނީ ތިން މެޗް ކުޅެފައެވެ. ގްރޫޕު އޭ ގެ ފުރަތަމަ މެޗުގައި އީޔޫ12 އަތުން ކިންގް ސްޕޯޓްސް ވަނީ 7-0 އިން މޮޅުވެފަ އެވެ.
ދެވަނަ މެޗުގައި ގްރޫޕް ބީ ގެ ދަ ލަވާސް އަތުން 8-0 އިން އެސްއޭ ފްރެންޑްސް މޮޅުވިއިރު، ރޭ ކުޅުނު ފަހު މެޗުގައި ގްރޫޕް ސީގެ އެމްޖީއާރު އަތުން އެފްސީ ޑޮލަރު މޮޅުވީ 11-1 އިންނެވެ.
15 ޓީމު ވާދަކުރާ މި މުބާރާތުގެ ކުޅުން މިރޭ ވެސް އޮންނާނެ އެވެ.