ފްރެންޑްސް ވައްޓާލުމަށްފަހު ޕޯލުގެ އެންމެ ކުރީގައި މިހާރު ދަ ޗެލަންޖާސް

ފިތުރު އީދު ބަންދާ ގުޅުވައިގެން މިހާރު އޭދަފުށީގައި ކުރިއަށްދާ “ސީސީ ކަޕް ފުޓްސަލް ޓޯނަމެންޓް 2012” ގައި ބައިވެރިވެފައިވާ ޓީމުތަކަށް ހުޅުވާލި އެސްއެމްއެސް ޕޯލު އެންމެ ކުރީގައި މިހާރު އޮތީ ދަ ޗެލެންޖާސް އެވެ.

މި މުބާރާތުގައި އެންމެގިނަ ސަޕޯޓަރުންނާއި އެންމެގިނަ ބަޔަކު ތަށި ގެންނާނެކަމަށް ލަފާކުރާ ޓީމެއް ހޮވުމަށް މިދިޔަ ހަފްތާ ހުޅުވާލި މި ޕޯލް އަށް ރޭ ގެ ނިޔަލަށް ޖުމްލަ 2406 ވޯޓް ލިބިފައިވާ އިރު، ދަ ޗެލެންޖާސް އަށް 1115 ވޯޓް ލިބިފައިވެ އެވެ. ދެވަނައަށް އެންމެ ކުރީގައި 788 ވޯޓާ އެކު އެންމެ ކުރީގައި އެފްސީ ސޫޕް އޮތް އިރު، 394 ވޯޓާއެކު އެސްއޭ ފްރެންޑްސް މިހާރު އޮތީ ތިންވަނައިގަ އެވެ.

15 ޓީމު ވާދަކުރާ މި މުބާރާތުގެ ޓީމުތަކަށް އެސްއެމްއެސް ކުރާނެ ގޮތާއި ޓީމްތަކަށް ދީފައިވާ ކޯޑް އަދި އެސްއެމްއެސް ފޮނުވާނެ ގޮތްތައް އީޓީ ވެބްސައިޓުގެ ހޯމް ޕޭޖުން ފެންނަން އިންނާނެ އެވެ. އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތީ މުބާރާތުގެ ފައިނަލްމެޗު ފެށުމާ ހަމައަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މިއީ ދިރާގު އަދި ވަތަނިއްޔާގެ ކަސްޓަމަރުންނަށް ހުޅުވިފައިވާ ފުރުސަތެކެވެ.

މި ފޯލުން އެއްވަނަ އަށް ދާ ޓީމަކަށް ހާއްސަ ޓްރޮފީއެއް ކްލަބް ސީސީ އިން ވަނީ ހުށަހަޅާފަ އެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޝެލް ޓެކް ސޮލިއުޝަންސް އާއި އީޓީ ގުޅިގެން މި ހިދުމަތް ފަރުމާކޮށްދީފައިވަނީ ޓީމްތަކަށް އެސްއެމްއެސް ކުރުމުން އީޓީ އިން ވަގުތުން އަޕްޑޭޓްސް ފެންނަގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.