ދަރަންވަންދޫ އެއާޕޯޓް ހިންގައިގެން ކުންފުންޏަށް ރަނގަޅު ފައިދާތަކެއް ހޯދިދާނެ: އައިއޭއެސް

ދަރަންވަންދޫ އެއާޕޯޓް

ކޯސްޓްލައިން ހޮޓެލް އެންޑް ރިސޯޓްސް އިން ދަރަވަންދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓް ހިންގައި ބަލަހައްޓަން ހަވާލުވެފައިވާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އެއާޕޯޓް ހިންގައިގެން އެ ކުންފުންޏަށް ރަނގަޅު ފައިދާތަކެއް ހޯދިދާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ގައުމީ ވައިގެ އުދުހުންތަކުގެ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިސް ސަން އޮންލައިނަށް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އައިއޭއެސް އިން އެއާޕޯޓެއް ހިންގަން ހަވާލުވި މިއީ ފުރަތަމަ ފަހަރު ކަމަށާއި، ދަރަވަންދޫ އެއާޕޯޓް ނަގާފައިވަނީ ސްޓަޑީތައް ހެދުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓް ހިންގައިގެން އެ ކުންފުންޏަށް ރަނގަޅު ފައިދާތަކެއް ހޯދިދާނެ ކަމަށް ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ.

“އެ ސަރަހައްދުގައި އަށް ރިސޯޓް އެބަ އޮތް، އަޅުގަނޑުމެން އެތަނަށް ހަމަގައިމުވެސް ދަތުރުކުރަން ޖެހޭނެ. އަޅުގަނޑުމެން އެތަން ނުނަގައިފިއްޔާމު އެބަޖެހޭ އެހެން ހުރިހާ ފީތަކެއް ދައްކައިގެން އޮޕަރޭޓްކުރަން، އެކަމަކު އަޅުގަނޑުމެން އެތަން އޮޕަރޭޓް ކުރަން ފެށީމާ އެ ލޯޑް ކުޑަވާނެ،” ހާރިސް ވިދާޅުވި އެވެ. “ފީސިބިލިޓީ ސްޓަޑީއެއް ނެތި އަޅުގަނޑުމެން މިވަރުކަމެއް ނުކުރާނަން،”

ދަރަވަންދޫ އެއާޕޯޓް ކޯސްޓްލައިނާ ހަވާލުކޮށްފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބޭ ގޮތަށެވެ. ދަރަވަންދޫ ކައުންސިލުން މިދިޔަ މަހު ބުނެފައިވަނީ އެ އެއާޕޯޓުގައި ޓެސްޓް ޕްލައިޓްތައް މިމަހު ޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.