ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ޕްލޭ-އޮފްގައި ޑުސިޓްއާއެކު ބައްދަލުކުރާނެ ޓީމަކަށް ލަނޑާގިރަވަރު ވެއްޖެ އެވެ.
ބ. އަތޮޅުގެ ފަސް ރިސޯޓުން ވާދަކުރާ މުބާރާތުގެ ފައިނަލް މެޗުގެ ޕްލޭ-އޮފަށް އެ ޓީމު ދިޔައީ އިއްޔެ ހަވީރު ސޮނެވާފުއްޓާ ވާދަކޮށް ފަހަތުން އަރައި 2- 1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ސޮނެވާފުށި އިއްޔެގެ މެޗުން ބަލިވި ނަމަވެސް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އެ ޓީމްވަނީ މުބާރާތުގެ ފައިނަލަށް ގޮސްފަ އެވެ.
ފައިނަލް މެޗުގެ ޕްލޭ-އޮފް މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. މި މެޗުން މޮޅުވާޓީމެއް އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ފައިނަލްގައި ކުޅެންޖެހޭނީ ސޮނެވާފުށީ ރިސޯޓާ އެވެ.