ދިރާގު އޭޑީއެސްއެލް ގުޅައިދިނުމުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

ދިރާގުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ދިރާގުން ވަނީ އެ ކުންފުނިން ފޯރުކޮށްދޭ އޭޑީއެސްއެލް ބްރޯޑް ބޭންޑް ހިދުމަތް ގުޅައިދޭ އަގު ހެޔޮކޮށްފައި -- ވީފައިލް ފޮޓޯ
ދިރާގުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ދިރާގުން ވަނީ އެ ކުންފުނިން ފޯރުކޮށްދޭ އޭޑީއެސްއެލް ބްރޯޑް ބޭންޑް ހިދުމަތް ގުޅައިދޭ އަގު ހެޔޮކޮށްފައި — ވީފައިލް ފޮޓޯ

ދިރާގުގެ އޭޑީއެސްއެލް ބްރޯޑް ބޭންޑުގެ ޚިދުމަތް ގޭގެއަށް ގުޅައިދޭ އަގު 50 އިންސައްތައަށް ވުރެ ހެޔޮކޮށްފި އެވެ.

ދިރާގުން ބުނީ މިއަދުން ފެށިގެން އަގަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ގޭގައި ބޭނުން ކުރާ ފޯން ލައިނެއް ހުރެއްޖެ ނަމަ މީގެ ކުރިން ގުޅައިދޭން ނެގި އަގު ކަމަށްވާ 500 ރުފިޔާ 150 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ. ތަނުގައި މަސައްކަތް ކުރާ ކޭބަލެއް ހުރިނަމަ ކުރިން ގުޅައިދޭ އަގު 1000 ރުފިޔާ 250 ރުފިޔާއަށް ކުޑަކޮށްފައިވާއިރު ކޭބަލް މުޅިން އަލަށް އަޅަން ޖެހުނު ކަމުގައި ވީނަމަވެސް ދިރާގު އޭޑީއެސްއެލް ގެ ޚިދުމަތް ބޭނުން ކުރާތާ އެއް އަހަރުވެފައިވާނަމަ ނުވަތަ އެންމެ ފަހުން އިމާރާތް ބަދަލު ކުރެއްވި ފަހުން 6 މަސް ވެފައިވާނަމަ ކުރިން ނަގަމުން އައި 1000 ރުފިޔާ 500 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ.

މި ގެނެވުނު ބަދަލާއި ގުޅޭގޮތުން ދިރާގު ސީނިއަރ މާކެޓިންގް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކްރިލޭޝަންސް އެގްޒެކެޓިވް އިމްޖާދް ޖަލީލް ވިދާޅުވީ ގޭގެއަށް އިންޓަނެޓް ލައިދިނުމަށް ކުރަންޖެހޭ މަސައްކަތް ކިތަންމެ ބޮޑުވި ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަނީ އަބަދު ވެސް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށެވެ. އަދި %50 އަށް ވުރެން ބޮޑު ޑިސްކައުންޓެއް ދާއިމީގޮތުން ގެނައުމުގެ އިތުރުން ވަރަށް ޚާއްސަ ޑިސްކައިންޓެއް ދިރާގު އޭޑީއެސްއެލް ބްރޯޑްބޭންޑް އިންޓަނެޓް އެއް އަހަރުދުވަހު ގެންގުޅެފައިވާ ކަސްޓަމަރުންނަށް ތައާރަފްކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ި”ދިރާގު އޭޑީއެސްއެލް ގެ ޚިދުމަތް ބޭނުން ކުރައްވާތާ އެއް އަހަރުވެފައިވާނަމަ އަދި އެންމެ ފަހުން އިމާރާތް ބަދަލު ކުރެއްވި ފަހުން 6 މަސް ވެފައިވާނަމަ މުޅިން އަލަށް ކޭބަލް އަޅަން ޖެހޭނަމަ ޗާޖުކުރެވޭނީ އެންމެ 500ރ،” އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ދަނީ ހައި ސްޕީޑް ނުވަތަ އަންލިމިޓަޑް ޕެކޭޖްގެ އިތުރުން ކުޑަކުދިން ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުން ކުރުމަށް، ޕޭރަންޓަލް ކޮންޓްރޯލް ޚިދުމަތާއި ކިޔަވާ ކުދިންނަށް ހާއްސަ ސްޓޫޑަންޓް ޕެކެޖުތައް ފޯރުކޮށްދެމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.