ދިރާގުގެ ނަންބަރު ފްލެކްސިބިލިޓީގެ ޚިދުމަތް ތައާރަފުކޮށްފި

ދިރާގުން އެޗްޕްލަސް ތައާރަފުކުރުމުގެގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން -ފޮޓޯ / ދިރާގު

ފޯނު ނަންބަރު ބަދަލުނުކޮށް ޕްރީޕެއިޑް ޕެކޭޖްތަކުން ޕޯސްޓް ޕެއިޑް ޕެކޭޖްތަކަށް އަދި ޕޯސްޓް ޕެއިޑް ޕެކޭޖްތަކުން ޕްރީ ޕެއިޑް ޕެކޭޖްތަކަށް ބަދަލު ކުރެވޭ ގޮތަށް ދިރާގުން މިއަދު ހަމަޖައްސައިފި އެވެ.

ދިރާގުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ޕްރީ ޕެއިޑް ޕެކޭޖް ގެންގުޅޭ ވަރަށް ގިނަ ފަރާތްތަކަކުން ޕޯސްޓް ޕެއިޑް ޕެކޭޖަށް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ.

މި ޚިދުމަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ މާކެޓިން މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ، ދިރާގުން އަލަށް ތައާރަފް ކުރެވުނު ސްމާޓް ޕޯސްޓް ޕެއިޑް ޕްލޭންތަކަށް ވަރަށް ގިނަ ޕްރީ ޕެއިޑް ކަސްޓަމަރުންގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ކަސްޓަމަރުން އެދިވަޑައިގަންނަވަނީ މިހާރު ގެންގުޅުއްވާ ޕްރީ ޕެއިޑް ނަންބަރަށް ބަދަލެއް ނުގެނެސް ޕޯސްޓް ޕެއިޑް ޕްލޭނަކަށް ބަދަލު ކުރެއްވުމަށް ކަަމަށްވެސް ދމިރުޝާން ވިދާޅުވި އެވެ.

ދިރާގުން ބުނީ މިހާރު ގެންގުޅޭ ނަންބަރު ބަދަލުނުކޮށް ޕްރީ ޕެއިޑް ޕެކޭޖަކުން ޕޯސްޓް ޕެއިޑް ޕެކޭޖަކަށް ބަދަލު ކުރުމުގެ ހިދުމަތް ދިރާގު ކަސްޓަމާ ފްރަންޓް އޮފީހުން ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.