ދިރާގު ސްޓޯލުގައި ހާއްސަ ޕްރޮމޯޝަންތަކާއި އަގުބޮޑު އިނާމުތަކެއް

ޓެލެކޮމް ފެއާގައި އުނޫޝާ ލަވަ ކިޔަނީ..

މިހާރު އޭދަފުށީގައި ކުރިއަށް ދާ “ޓެލެކޮމް ފެއާ 2012” ގައި ބަހައްޓާފައިވާ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގު ސްޓޯލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ ސްޓޯލުން ހާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ހިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލަކީ ޑްރޯތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން މިފެއާގެ ތެރޭގައި ދިރާގުގެ ހައި5 ހިދުމަތް ނަންގަވާ ފަރާތްތަކަށް ލަކީ ޑްރޯގައި ބައިވެރިވެ، ނަސީބުވެރި ފަރާތަކަށް ވަނީ އައިޕޮޑެއް ހުށަހަޅާފައިވާއިރު، ޕޯސްޓްޕެއިޑް ހިދުމަތް ނަންގަވާ ފަރާތްތަކަށް ލަކީ ޑްރޯއިން ޓަޗްނެޓް ކަނެކަޝަނެއް ލިބުމުގެ ފުރުސަތުވަނީ ހުޅުވާލައިފަ އެވެ. އަދި އޭގެ އިތުރުން ފިކްސްޑް ލައިނެއް ހުރި ގެއެއްގައި އޭޑީއެސްއެލް ކަނެކްޝަން ގުޅަން ބޭނުންނަމަ ކަނެްޝަން ހިލޭ ގުޅައިދޭގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.

“މީގެ އިތުރުން މި ސްޓޯލަށް އައިސް ދިރާގުގެ ޚިދުމަތެއް ނެގުމުން ޑްރޯއަކަށް ދާނެ. ގުރުއަތުނެގުން އޮންނާނީ މިއަދު ހަވީރާއި މިރޭ ފެއާ ނިންމާ ގަޑީގައި. އެ ގަޑީގެ ކުރިން ދިރާގު ސްޓޯލަށް ހިދުމަތެއް ހޯދުމުން މިއީ ލިބިގެން ދާނެ ވަރަށް ރަނުގެ ފުރުސަތެއް،” އޭނާ ވިދާޅުވި އެވެ.

ދިރާގުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ގްރޭންޑް ލަކީ ޑްރޯއިން އެއް ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 42 އިންޗީގެ އިންޓަނެޓް ޓީވީ އެކެވެ. އަދި ދެ ވަނަ އިނާމަކަށް ސެމްސަންގް ލެޕްޓޮޕެއް ހުށަހަޅާފައިވާ އިރު، ތިން ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ އައިޕޮޑެކެވެ. އަދި ހަތަރު ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ އެކްސްކްލޫސިވް މޭކަޕް އާޓިސްޓުން ހުށަހަޅާފައިވާ މޭކަޕު ކުރުމުގެ ފުރުސަތެވެ.

ދިރާގުގެ އިތުރުން މި ފެއާގައި ބައިވެރިވެފައިވާ ގިނަ ފަރާތްތަކަކުން ލަކީ ޑްރޯތަކުގައި ހާއްސަ އިނާމުތައް ހުށަހަޅާފައިވެ އެވެ. ފެއާ ކުރިއަށް ދާނީ މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.