ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަހައުސް ފުޓްބޯޅަމުބާރާތް މިއަދު ހަވީރު ފަށައިފި އެވެ.
އޭދަފުށީ ދިރާގު އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަހްމަދު ޝަފީއު ފައްޓަވައިދެއްވި މި މުބާރާތް ހުޅުވުމުގެ ގޮތުން ބައްދަލު ކުރީ ސީނިއާ ގްރޫޕުގެ ޔެލޯ ހައުސް އާއި ވައިލެޓް ހައުސް އެވެ. މި މެޗު 2-3 ން ކާމިޔާބު ކުރީ ޔެލޯ ހައުސް އެވެ.
މި މުބާރާތުގެ ޖޫނިއާ ގްރޫޕުގައި މިއަދު ހެނދުނު ޔެލޯހައުސް އާއި ބްލޫ ހައުސް ބައްދަލުކުރި މެޗް 1-0 ން ކާމިޔާބުކުރީ ޔެލޯހައުސް އެވެ.
މި މުބާރާތަކީ ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގައުމީ ޓީމުގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.