އޭޑީއެސްއެލް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

މި އަހަރުގެ ޓެލެކޮމް ފެއާގެ ދިރާގު ސްޓޯލްގެ ތެރެއިން — އީޓީ ފޮޓޯ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނި ދިރާގުން އޭޑީއެސްއެލް އިންޓަނެޓު ހިދުމަތުގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.ދިރާގުން ބުނީ އޯގަސްޓް 2ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގައި އޭޑީއެސްއެލް ކަނެކްޝަނެއް 150ރ. އަށް ލިބޭނެ ކަމަށެވެ.

އޭޑީއެސްއެލް އިންޓަނެޓް ގުޅައިދިނުމުގެ އާންމު އަގަކީ 500ރ. އެވެ. އަދި އާ ލައިނެއް ނަމަ ގުޅައިދެނީ 1،000ރ. އަށެވެ. ނަމަވެސް ކުރިން ލައިން ގުޅާފައިވާ ނަމަ މި ޕްރޮމޯޝަންގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް 150ރ. އަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އޭޑީއެސްއެލްގެ ހުރިހާ ޕެކޭޖެއް ވެސް މި ޕްރޮމޯޝަންގެ ދަށުން 150ރ. އަށް ގުޅައިދޭނެ ކަމަށެވެ. އޭގެ ތެރޭގައި ބިޒްނަސް ޕެކޭޖްތައް ހިމެނޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ ކުންފުނިން ކޮންމެ އަހަރުރަކު ވެސް ހިންގަމުން އަންނަ މިފަދަ ޕްރޮމޯޝަންތަކަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ އޭޑީއެސްއެލް އިންޓަނެޓު ހިދުމަތް ރާއްޖޭގެ ބޮޑު ބަޔަކަށް ދެމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ވެސް ހިމެނެ އެވެ. – ހަވީރު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.