ދެ ގްރޫޕުގެ ޗެމްޕިއަންކަން ވައިލެޓް ހައުސް އަށް

ވައިލެޓް ހައުސް ޗެމްޕިއަން ޓްރޮފީއާއެކު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއާ އަދި ޖޫނިއާ ގުރޫޕްގެ ޗެމްޕިއަންކަން ވައިލެޓްހައުސް ޓީމް ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު ސީނިއާ ގްރޫޕުގެ ފައިނަލް މެޗު ވައިލެޓް ހައުސް ކާމިޔާބުކުރީ ޔެލޯހައުސް އަތުން 2- 0 އިން މޮޅުވެގެންނެވެ. ވައިލެޓްހައުސް އަށް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒަތު މުހައްމަދު އާއި ހުމައިދު އެވެ.

މި މަހުގެ 7އިން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގެ ސީނިއާ ގްރޫޕުގެ އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަހްމަދު ޝަފީއު އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ރަނަ އަޕް ޔެލޯ ހައުސް އެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށާއި އެންމެ މޮޅު ފޯވާޑް އަދި ފައިނަލް މެޗާއި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވައިލެޓް ހައުސްގެ ހަމްޒަތު މުހައްމަދު އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވިފައި ވައިލެޓް ހައުސްގެ ހޫދު މޫސާ އެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަށް ވައިލެޓް ހައުސް ހުސައިން ޝިފާއު ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކަށް ހޮވުނީ ރެޑް ހައުސްގެ އަބްދުﷲ އަބޫބަކުރު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރެޑްހައުސްގެ ހައްސާން އަބްދުއްލަތީފު އެވެ.

މި މުބާރާތުގެ ޖޫނިއާ ގްރޫޕުގެ ޗެމްޕިއަންކަން ވައިލެޓް ހައުސް ހޯދީ ފައިނަލުގައި އިއްޔެ ހަވީރު ޔެލޯހައުސް ހަމަ 2-0 އިން މޮޅުވެގެންނެވެ.

ޖޫނިއާ ގުރޫޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ވައިލެޓް ހައުސްގެ އިބްރާހިމް މޫސާ އާއި ހައިޝަމް ހަސަން އާއި މުހައްމަދު އަޝްރަފް އާއި އަލީ ނަސީމް އަދި ޔެލޯ ހައުސްގެ އާދަމް ނިޔާޒު އެވެ. އެންމެމޮޅު ކުޅުންތެރިއަކަށް ހޮވުނީ ވައިލެޓް ހައުސްގެ މުހައްމަދު އަޝްރަފު އެވެ. މި ގްރޫޕުން އެންމެގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ ރެޑް ހައުސްގެ މުހައްމަދު މާހު އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ރެޑްހައުސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.