ޖޭ ޕޯޓްރެއިޓްސް ތްރީއޮންތްރީ ކަޕު ޖުލައި 21 ގައި ފަށަނީ


އޭދަފުށީ ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން ރޯދަމަހު ބާއްވަމުން އަންނަ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތް އަންނަ ހޮނިހިރު ދުވަހުގެރޭ ފަށާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ކޮންމެ ރޯދަ މަހަކު އޭދަފުށީ ޒުވާނުންގެ މަރުކަޒުގެ ފުޓްބޯޅަ ދަނޑުގައި ދަ ބިގިނާސް އިން ބާއްވަމުން އަންނަ މި މުބާރާތްް ޖުލައި 21 އިން ފެށީގެން އޯގަސްޓް 3 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އޭދަފުށީ މަލްޓިޕާސް ހޯލުގައި މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ 20 ޓީމު ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭ ގައި ހިމެނެނީ އެފްސީ އަނގުރު އަލިފާން އާއި ދަ ޗެލެންޖާސް އާއި އެފްސީ ސޫޕް އާއި ވެލާ ސްޕޯޓްސް އަދި އެފްސީ ޔޫ ހަމްޒާ އެވެ.

ގްރޫޕް ބީ ގައި ހިމެނެނީ އެފްސީ ފްލޭޝް އާއި އެފްސީ ހަބޭސްއާއި އެފްސީ އޮބިނޯވޭ އާއި ޑައުންޓައުން ޖޫނިއާސް އަދި އެފްސީ ރުއްގަނޑެވެ. އެންމެފަހުގެ ޗެމްޕިއަން ފެއިމްސް ވެއާ ހިމެނެނީ އެފްސީ އަންޑަ ޑްރެސް އާއި އެފްސީ ތުތިމަސް އާއި ޑައުންޓައުން އަދި ކްލަބް ކެޓީ އާއެކު ގްރޫޕް ސީ ގަ އެވެ.

ގްރޫޕް ޑީ ގައި އެފްސީ ނައިކް އާއި ދަ އެކްސްކާސަން އާއި ދަ ބްލޫސް އާއި ވާވޮށިވެލާ އަދި އެޗް އޭ ސްޕޯޓްސް އެވެ.

ޖޭ ޕޯޓްރޭއިޓްސް އިން މެއިން ސްޕޮންސާކޮށްފައިވާ މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައި ވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.