އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން އޭދަފުށީގައި މިހާރު ކުރިއަށްދާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖު ކަޕުގެ ސެމީއަށް ހުށިޔާރު ޓީމާއި ބެއޯމީ ދަތުރުކޮށްފި އެވެ.ދިރާގާއި ސްޓެލްކޯ އަދި އެސްޓީއޯ ގުޅިގެން މި މުބާރާޓުގައި ތަމްސީލްކުރާ ހުށިޔާރު ޓީމު ސެމީން ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު މެޗިގައި ހޮސްޕިޓަލުގެ ހަށިހެޔޮ ޓީމް އަތުން 4-2 ން މޮޅުވެގެންނެވެ. ބެއޯމީ (ރަށުކައުންސިލް/ބޭންކް/މީޑިއާ) އަށް ސެމީން ފުރުސަތު ލިބުނީ ހަވީރު ކުޅުނު ދެވަނަ މެޗުގައި އަތޮޅު ކައުންސިލް އިދާރާއާކުޅެ 6-0 އިން މޮޅުވެގެންނެވެ.
ސެމީ ފައިނަލުގައި މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބެއޯމީ އާއި އޭދަފުށީ ޕޮލިސް ވާދަކުރަން ޖެހޭއިރު ހުށިޔާރު ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ތައުލީމީ މަރުކަޒުގެ އެފްސީ ގްރެޖުއޭޓް އާ އެވެ.
އަންނަ ބުދަ ދުވަހު ހަވީރު ފައިނަލް ކުޅޭ މި މުބާރާތް ވަތަނިއްޔާއިން މެއިން ސްޕޮންސަ ކޮށްފައިވާއިރު އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.