އަންލިމިޓެޑް އިތުރު ދެ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ ސަން
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން —

އަލްޓްރާ ފާސްޓް ބްރޯޑް ބޭންޑް އިންޓަނެޓްގެ ނަމުގައި ގޭގެއަށް އިންޓަނެޓް ހަލުއި ކަމާ އެކު ފޯރުކޮށްދޭ އަންލިމިޓެޑް ދެ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި އެވެ.

ހޯމް އަލްޓްރާ ފާސްޓް ޕެކޭޖާއި ހޯމް އަލްޓްރާ ފާސްޓް ޕްލަސް ޕެކޭޖް ތައާރަފް ކުރުމަށް ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކްޓިވް އިމްޖާދު ޖަލީލް ވިދާޅުވީ ދެ ޕެކޭޖްތައް ފަރުމާކޮށްފައި ވަނީ އަވަސް ސްޕީޑްގައި ޑައުންލޯޑް ކުރުމަށާއި އޮންލައިންކޮށް ހަލުވި ސްޕީޑްކޮށް ގޭމް ކުޅުމަށާއި އަވަސް ސްޕީޑްގައި އަޕްލޯޑް ކުރުމާއި ސްޓްރީމް ކުރުން ފަދަ ބޭނުންތަކަށް ކަމަށެވެ.

ހޯމް އަލްޓްރާ ފާސްޓް ޕެކޭޖްގައި 130 ޖީބީގެ ފެއާ ޔޫސޭޖް އެލަވަންސް އެއް ލިބޭ އިރު ހޯމް އަލްޓްރާ ފާސްޓް ޕްލަސްގައި 150 ޖީބީގެ ފެއާ ޔޫސޭޖް އެލަވަންސް އެއް ލިބެ އެވެ.

ދިރާގުން ބުނީ މަހުފީ އަކަށް 1،990ރ. ދައްކަން ޖެހޭ ހޯމް އަލްޓްރާ ފާސްޓް ޕެކޭޖުން 25 އެމްބީޕީއެސް ލިބޭނެ ކަމަށެވެ. އަދި 36 އެމްބީޕީއެސް ހިމެނޭ ހޯމް އަލްޓްރާ ފާސްޓް ޕްލަސްގެ މަހުފީއަކީ 2،500ރ. އެވެ.

“މަހުފީއަށް ދައްކަން ޖެހޭ ފައިސާގެ އިތުރަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ،” އިމްޖާދު ވިދާޅުވި އެވެ.
މާލެ ސަރަހައްދުތަކަށް ހަމައެކަނި މިވަގުތު ދޫކޮށްފައިވާ އެ ޕެކޭޖްގެ ހިދުމަތް ލިބޭނީ އަލްޓްރާ ބްރޯޑް ބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހާއްސަ އެކްސްޗޭންޖު އިކުއިޕްމެންޓާއި އެއް ކިލޯ މީޓަރުގެ ރާސްތާގެ ގެތަކަށެވެ.

ދިރާގުން ބުނީ އަލްޓްރާ ހިދުމަތް ލިބޭ ގެއެއްތޯ ބެލުމަށް ގޭގެ ނަން ދިރާގުގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޭޖުގައި ޖެހުމުން ފެނިގެންދާނެ ކަމަށެވެ. އަދި އަލްޓްރާ ފާސްޓް ބްރޯޑް ބޭންޑް ހިދުމަތް ނުލިބޭ ހިސާބުތަކުގައި އުޅޭ ފަރާތްތަކަށް އެންމެފަހުން އެކުންފުނިން ތައާރަފްކުރި ޕްރޯ އަންލިމިޓެޑް 15 އެމްބީޕީއެސްގެ އިންޓަނެޓް ޕެކޭޖް އިހުތިޔާރު ކުރެވިދާނެ ކަމަށެވެ.

އަލްޓްރާ ފާސްޓް ބްރޯޑް ބޭންޑް ޕެކޭޖާ އެކު ދިރާގުން މިހާރު ދެމުން އަންނަ އަންލިމިޓެޑް ޕެކޭޖްތަކުގެ އަދަދު އަށަކަށް އަރަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.