ދިރާގު ރޯޑް ރޭސް ބައިނަލް އަގުވާމީ ރޭހަކަށް

 ދިރާގު ރޯޑް ރޭސް 2014 އާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތުދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ދިރާގު ރޯޑް ރޭސް 2014 އާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތުދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން — ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮންމެ އަހަރަކު ވެސް ދިރާގުން ބާއްވަމުން ގެންދާ ދުވުން މިއަހަރު ބައިނަލް އަގުވާމީ ފެންވަރަށް ބޭއްވުމަށް ނިންމައިފިއެވެ. ދިރާގު ރޯޑް ރޭސް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަންއިންވަނީ ބަލައިގެންފައެވެ. އަދި އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްތޭންސް ރޭސެސްއިންއެޖަމިއްޔާގެ ވެބްސައިޓުގައި އެއީ ހަމައެކަނި ރާއްޖޭގައި ބާއްވާ ރޭސް ކަމަށްވަނީ ލިސްޓުކޮށްފައެވެ.

ދިރާގު ރޯޑް ރޭސް ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވުމުގެ ގޮތުން މިއަހަރުވަނީ 10 ކިލޯ މީޓަރަށް ދުވުމަށް ހަމަޖެހިފައެވެ. މީގެ ކުރިން ވޭތުވެ ދިޔަ ހަތް އަހަރު ވެސް ދުވެފައިވަނީ ފަސް ކިލޯ މީޓަރަށެވެ. އެއީ މާލެ ވަށާ އެއްބުރެވެ.

ދިރާގު ރޯޑް ރޭސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަނާއި އެމްއެމްޕީއާރުސީއާއި، ގުޅިގެންނެވެ. އިވެންޓްގެ މީޑިއާ ޕާޓްނަރަކީ އެމްއެންބީސީއެވެ.

ދިރާގު ރޯޑް ރޭހުގެ މިއަހަރުގެ ޝިއާރަކީ “ކުޑަކުދިން ހިމާޔަތް ކުރު”މެވެ.

ދިރާގުންވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުން ގެންދާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ރޭހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ރޭސް ނިމިގެންދާއިރު، އެންމެ ގާބިލު ފަސް ޖަމިއްޔާއަކަށް 20000 ރުފިޔާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ރޭހުގެ 10 ކިލޯމީޓަރު ބަޔާއި ފަސް ކިލޯ މީޓަރުގެ ބައިން ވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ ވެސް ހޮވުމަށްވަނީ ހަމަޖެހިފައެވެ. ކޮންމެ ބަޔަކުން ވެސް އެއްވަނައެަށްދާ ދުވުންތެރިޔަކަށް 10000 ރުފިޔާއެވެ. އަދި ދެވަނައަށްދާ ދުވުންތެރިޔަކަށް 8000 ރުފިޔާއެވެ. ތިންވަނައަށްދާ ކުޅުންތެރިޔަކަށް 6000 ރުފިޔާއެވެ.

ސުކޫލު ކުދިންގެ ބައިން ވަނަވަނައަށްދާ ކުދިންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޫޕަންތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.