ދިރާގުގެ 3ޖީ އާއި 4ޖީ ނެޓްވޯކް ތަރައްގީ ކުރުމަށް 95 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

ދިރާގުގެ ނެޓްވޯކް ވަރުގަދަ ކުރުމަށް ޗައިނާގެ ހުވާއޭއާ އެކު ސޮއި ކުރަނީ-- ފޮޓޯ / ހަވީރު އޮންލައިން:
ދިރާގުގެ ނެޓްވޯކް ވަރުގަދަ ކުރުމަށް ޗައިނާގެ ހުވާއޭއާ އެކު ސޮއި ކުރަނީ– ފޮޓޯ / ހަވީރު އޮންލައިން:

ދިރާގުގެ 3ޖީ އާއި 4ޖީ ނެޓްވޯކް ތަރައްގީ ކުރުމަށް 95 މިލިއަން ރުފިޔާގެ މަޝްރޫއެއްގައި ޗައިނާގެ ހުވާވޭ އާ އެކު ދިރާގުން ސޮއި ކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ވަހީދުއާއި ސީއީ އިސްމާއިލް ރަޝީދު އެވެ. ހުއާވި ޓެކްނޮލޮޖީސް ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޑެނިއަލް ސުން އާއި ޑެޕިއުޓީ ސީއީއޯ ޖުން ޗަން އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ހުއާވި ޓެކްނޮލޮޖީސްގެ ސީއީއޯ ޑެނިއަލް ސުން ވިދާޅުވީ އެ ޕްރޮޖެކްޓާއެކު ދިރާގުގެ އިންޓަނެޓް ސްޕީޑަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ދިރާގުގެ އެމްޑީ އިސްމާއިލް ވަހީދު ވިދާޅުވީ 95 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްގައި ދިރާގުގެ ޑޭޓާ ނެޓްވޯކްގެ ސްޕީޑް ރަނގަޅު ކުރެވިގެންދާނެ ކަމަށާއި ގޮތުން 3ޖީ އާއި 4ޖީ ގެ ސްޕީޑް ވަރަށް ބޮޑުތަން ހަލުވިވެގެންދާނެ ކަމަށެވެ.

އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މިއަހަރު ތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.