މަރާމާތަށްފަހު މަސްޖިދުލް ޔޫސުފް އަލުން ހުޅުވައިފި

މަސްޖިދުލް ޔޫސުފްގައި މިއަދު ހުކުރު ނަމާދު ކުރަނީ
މަސްޖިދުލް ޔޫސުފްގައި މިއަދު ހުކުރު ނަމާދު ކުރަނީ

 

ބޮޑެތި މަރާމާތުތަކެއް ކުރުމަށްޓަކައި ވަގުތީ ގޮތުން ބަންދުކުރި އޭދަފުށީ މަސްޖިދުލް ޔޫސުފް (ކުޑަ މިސްކިތް) މިއަދު އަލުން ހުޅުވައިފި އެވެ.

މިއަދު ހުކުރު ނަމާދުން ފެށިގެން މިސްކިތް އާއްމުންނަށް ހުޅުވާލާފައިވާއިރު މިސްކިތުގެ ސީލިން އެއްކޮށް ވަނީ އާ ޑިޒައިނަކަށް ބަދަލުކޮށް މިސްކިތުގެ ކުލަ އާކޮށްފަ އެވެ. އަދި މިސްކިތުގެ ލައިޓް ތައް ބަދަލުކޮށް މިސްކިތް އެއްކޮށްވަނީ އެއާކޯންވެސް ކޮށްފަ އެވެ.

މިސްކިތް އޭސީ ކުރީ އޭދަފުށީގެ އަމިއްލަ ކްލަބެއް ކަމަށްވާ ކްލަބް ދަ ބިގިނާސް (ޓީބީ) އިންނެވެ.

މަސްޖިދުލް ޔޫސުފްގައި މިރޭގެ މަޣުރިބް ނަމާދު ކުރަނީ
މަސްޖިދުލް ޔޫސުފްގައި މިރޭގެ މަޣުރިބް ނަމާދު ކުރަނީ

 

އެ ޖަމިއްޔާއިން ބުނިގޮތުގައި މަސްޖިދިލް ޔޫސުފް އޭސީ ކުރީ އެކުލަބުގެ އިޖުތިމާއީ ޒިންމާގެ ދަށުން ނެވެ. ޓީބީން ވަނީ އެ މިސްކިތުގައި 18000 ބީޓީގެ ހަތަރު އޭސީ ބަހައްޓައިދީފަ އެވެ. އަދި އޭސީ ކުރުމަށް މިސްކިތުގެ ކަރަންޓް އެ ޖަމިއްޔާގެ ޚަރަދުގައި ވާނީ ތްރީ ފޭހަށް ވެސް ބަދަލުކޮށްދީފަ އެވެ.

“މި މަސައްކަތަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށާއި އަމަލީގޮތުން މި މަސައްކަތުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް މި ކްލަބުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،” ޓީބީން   ބުންޏެވެ.

މަސްޖިދުލް ޔޫސުފްގައި މިއަދު ހުކުރު ނަމާދު ކުރަނީ
މަސްޖިދުލް ޔޫސުފްގައި މިއަދު ހުކުރު ނަމާދު ކުރަނީ

 

އޭދަފުށީގައި ފިރިހެނުން ނަމާދު ކުރާ މިސްކިތެއް އޭސީ ކުރީ މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއަތޮޅު ބައެއް ރަށްރަށުގެ މިސްކިތްތައް މީގެ ކުރިން ވެސް އޭސީ ކޮށްފައިވެ އެވެ. އަދި މިރަށުގައި ހުންނަ އަންހެނުންގެ ދެ މިސްކިތް ވެސް އޭސީ ކޮށްފައި ހުންނަތާ ވަރަށް ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި އެއްފަހަރާ ގާތްގަޑަކަށް 200 އެއްހާ މީހުންނަށް ނަމާދުކުރެވޭ މި މިސްކިތުގެ މަރާމާތަށް ލައްކައެއްހާ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މަސްޖިދު ޔޫސުފްއަކީ އޭދަފުށީ އަލްމަރުހޫމް ޔޫސުފް ކަލޭފާނުގެ ހަނދާނުގައި މީގެ 25 އަހަރުކުރިން ބިނާކޮށްފައިވާ މިސްކިތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.