އުރީދޫން އެއާ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފި

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ޤައުމީ އެއާ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ ޚާއްޞަ މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

މި އެހީއާއެކު ރާއްޖޭގެ ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އުރީދޫ މޯލްޑިވްސްއިން ދީފައިވެއެވެ.

އުރީދޫން ބުނިގޮތުގައި އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ސިއްޙީ ޚިދުމަތަށް އެހީވުމުގެ މައިގަނޑު އަމާޒުތަކުގެ ތެރެއިން އެއް އަމާޒެވެ.

2024 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ފެށުނު އެއާ އެމްބިއުލަންސްގެ ޚިދުމަތް މިހާތަނަށް 436 ކޭސްގައި 517 ޕޭޝަންޓުންނަށް ވަނީ ފޯރުކޮށްދެވިފަ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އުރީދޫއިން އެއަރ އެމްބިއުލާންސް ޚިދުމަތަށް ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކުން ކޮންމެ ދިވެއްސަކަށްވެސް އަޅާލުމާއި، އަގުވަޒަންކުރުމާއި، ރައްކާތެރިކަން އިހްސާސްކޮށްދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ޚާލިދު އަލް-ހަމާދީ ވިދާޅުވީ، މުޖުތަމަޢުގެ އެންމެ މުހިންމު ބޭނުންތައް ފުއްދުމަށްޓަކައި ޕާޓްނަޝިޕްތަކަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި އިންވެސްޓްމަންޓަކީ ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިތުރު އާލާތްތަކާއެކު އެއަރ އެމްބިއުލަންސްގެ ޚިދުމަތުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.