
އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ “5ޖީ ލިބޭ” ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި ސައިކަލެއް ލިބޭ ޕްރޮމޯޝަނުގައި އަށް ނަސީވެރިން ހޮވައިފި އެވެ.
މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި މުޅިއަކު 30 ސައިކަލު ކަސްޓަމަރުންނަށް ލިބިގެންދާއިރު، އަދި 22 ސައިކަލުގެ ނަސީބުވެރިން ހޮވާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.

މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ޕްރޮމޯޝަނުގައި ތިން ވައްތަރެއްގެ ސައިކަލް ދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
• އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) • އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) • ޕީސީއެކްސް160 (ކަޅު ކުލަ)
މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމަކަށް ހުށަހަޅާފައި ވަނީ 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެކެވެ. މި ސައިކަލު ލިބޭނީ ނަސީބުވެރި އެއް ފަރާތަކަށެވެ.
ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި ރީޗާޖު ކޮށް އެޑްއޮން އެއް ބޭނުންކުރާ ކަސްޓަމަރުންނަށެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ ތެރެއިން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކައި ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ ކަސްޓަމަރުންނަށެވެ.
މި ޕްރޮމޯޝަނަކީއުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ގޕްރޮމޯޝަނެކެވެ.

