އުރީދޫގެ ވިޔަފާރި ޕާޓްނަރުންނަށް އަގުވަޒަންކުރުމުގެ އެވޯޑްސް ނައިޓް ބާއްވައިފި

އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ވިޔަފާރި ބައިވެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓެއް ބާއްވައިފިއެވެ.

މިދިޔަ އޮކްޓޯބަރު 16 ވަނަ ދުވަހުގެ ރޭ އެ ކުންފުނީގެ ހެޑްކުއާޓާސްގައި ބޭއްވި މި ހާއްސަ ހަފުލާގައި އެކި ކެޓަގަރީތަކުން ޕާޓްނަރުންގެ އަގު ވަޒަންކޮށް، އުރީދޫގެ އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ވިޔަފާރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޕާޓްނަރުން ފާހަގަކޮށްފައިވެއެވެ.

މި ހަފުލާގެ ފެށުމުގައި، އުރީދޫއާއެކު އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ލޯންގް ސަރވިސް ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ. އަދި މީގެއިތުރުން ކްލަބް ޕްރިމިއާގެ ޓޮޕް ޕާޓްނަރުންނާއި ޓޫރިސްޓް ޕާޓްނަރުންވެސް ފާހަގަކޮށްފައިވެއެވެ.

ގާލާ ނައިޓުގައި ވާހަކަދެއްކެވި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ، މިރޭ ފާހަގަކުރަނީ ޕާޓްނަރުން ހޯދި ކާމިޔާބީތަކުގެ އިތުރުން، އުރީދޫ ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭ އެއްބާރުލުމާއި ހިއްސާވާ ވިސްނުމުގެ ރޫހުކަމަށެވެ.

“ތިޔަބޭފުޅުންގެ ވަޢުދުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީ، އިނޮވޭޓްކޮށް، ކުރިއެރުމަށް މަގުފަހިވެގެންދާނެ،” ސީއީއޯ ވިދާޅުވިއެވެ.

މި ގާލާ ނައިޓް ނިންމާލެވުނީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ނެޓްވޯކިންގ އާއެކުގައެވެ. އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން އަދި ސަރވިސް އެކްސެލެންސްގެ ރޮނގުތައް ހަރުދަނާކުރުމަށް ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.