
އުރީދޫ މޯލްޑިވްސްއިން 2025 ވަނަ އަހަރަށް ޚާއްޞަކޮށް، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށް، ރާއްޖޭގެ އެންމެ ވަރުގަދަ 5ޖީ ނެޓްވޯކުގައި ބޭނުންކުރެވޭ އާ އެޑް-އޮންތަކެއް ތަޢާރަފުކޮށްފިއެވެ.
މި އެޑް-އޮންތަކުގެ ތެރޭގައި، 25 ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ އަދި ކޯލް ހިމެނޭ “ޕަވަރސްޕީޑް ޕްރޯ” 125 ރުފިޔާއަށް ލިބޭއިރު، 60 ގަޑިއިރަށް 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް ހިމެނޭ “ޕަވަރސްޕީޑް” 25 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
މީގެއިތުރުން، އުރީދޫއިން ވަނީ އިތުރު ޚާއްސަ އޮފަރތަކެއްވެސް ތަޢާރަފުކޮށްފައެވެ. އެގޮތުން، 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭ އާޗާ ޕްރިޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތަކާއި، 5 ދުވަހަށް 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، އަދި 12 މަސް، 6 މަސް އަދި 3 މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ އާޗާ ޕްލޭންތައް ހިމެނެއެވެ.
31 ޖަނަވަރީ 2025 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ އެޑް-އޮންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން ދިވެހި ރައްޔިތުންނަށް 2025 ވަނަ އަހަރަކީ ގުޅިފައިވާ، އުފާވެރި އަދި ބާއްޖަވެރި އަހަރަކަށް ވުމަށް އެދިފައިވެއެވެ.

