ޗެމްޕިއަން ވެލާ ސްޕޯޓްސް މެޗުން މިއަދު އޭދަފުށި ކަޕް ފަށަނީ

އޭދަފުށި ކަޕްގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި ވެލާ ސްޕޯޓްސް ކްލަބާއި އިރުމަތި އެފްސީ މެޗުން އޭދަފުށި ކަޕް 2025 މިއަދު ފަށާނެ އެވެ.

އޭދަފުށި ކަޕް މިއަދު ހަވީރު ފުޓްބޯޅަ ސްޓޭޑިއަމްގައި ފަށާއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަނަރަ ވަނަ ދުވަހު އެވެ.

މުބާރާތުގައި ވެލާ ސްޕޯޓްސް އިރުމަތީ އެފްސީގެ އިތުރުން ވާދަކުރަނީ ސީސީ ސްޕޯޓްސް އާއި ޓީމް ޓީމް މިޑްލް އީސްޓް އާއި ހުސް ސޮންގުން އަދި އާޖީލަކަށް އޭދަފުށި ފުޓްބޯޅް އެކަޑަމީގެ ޓީމެވެ.

މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ވެލާ ސްޕޯޓްސް ކްލަބުން ހޯދީ ފައިނަލުގައި އިރުމަތި އެފްސީ 5-1 އިން ބަލިކޮށްގެންނެވެ.

މިއީ އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން މުބާރާތް ބާއްވާ ފަސް ވަނަ އަހަރެވެ.

މިއަހަރުގެ މުބާރާތަށްވެސް ބައެއް ޓީމުތަކުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ.

ވެލާ ސްޕޯޓްސް ކްލަބާއި އިރުމަތި އެފްސީ ވާދަކުރާ މެޗު އޭދަފުށި ސްޓޭޑިއަމްގައި ފަށާނީ މިއަދު ހަވީރު 15:50 ގަ އެވެ.

މި މުބާރާތުގެ މެޗުތައް އިމޭޖަސް ޑޮޓް އެމްވީން އޭދަފުށި ކައުންސިލުގެ ފޭސްބުކް ޕޭޖު އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.