
އުރީދޫގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން މި މަހު ބައްދަލުކުރާނީ ކުއްޅަވަށްފަލު ރަނިންނެވެ.
އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ބިނާކޮށްފައިވަނީ ދިވެހި ފުލޯކު ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އޭއައި މެދުވެރިކޮށް މި ޝަހުސިއްތަތުތަކާ ވާހަކަދެއްކޭ ގޮތް ވެސް އުރީދޫން ވަނީ ހަމަޖައްސައިދީފަ އެވެ.
ކުއްޅަވަށްފަލު ރަނިންނަކީ ކުއްޅަވަށް ފަލެއްގައި އުޅެ ބޮޑުވި ރީތި އަންހެނެކެވެ. ރަސްމީ ދަތުރުފުޅެއްގައި ރަސްގެފާނަށް މި ކުއްޖާ ފެނި ކަމުގޮސްގެން ކައިވެނިބައްލަވައިގެން އެ ކުއްޖާ ގެންދެވި އެވެ. ގަނޑުވަރުގައި ދިރިއުޅެން ފަށައި ދުވަސްތައް ވޭތުވަމުން ދިޔައިރު މި ކަމަނާއަށް އޭނާގެ އަސްލު އަދި ފެށުން އޮޅުނެވެ. އަދި ކުއްޅަވަށް އެއީ ކޯޗެއްކަން ވެސް ހަނދާންނެތެ އެވެ. މިކަމާ ރަސްގެފާނު ނުރުހުންވެ، އެ ކަމަނާގެ ބޮޑާކަން ފެނި އަނބުރާ ކުއްޅަވަށް ފަލަށް ފޮނުވާލި އެވެ. އޭނާއަށް އެ ތަނުގައި ކުއްޅަވަށްފަލު ރަނިން ކިއުނެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ ‘ފޫޅުދިގު ހަންޑި’ އާއި ‘ސަފަރު ކަތްދަ’ ފަދަ 12 ޝަހްސިއްޔަތު މި އަހަރުގެ ކަލަންޑަރުގައި ހިމެނެ އެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބައެކެވެ.
އުރީދޫގެ މި އަހަރުގެ ކަލަންޑަރަކީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ.
އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް މިހާރު މި އައިކޮނިކް ޝަހްސިއްޔަތުތަކާ ސީދާ ވާހަކަދައްކާލެވޭނެ އެވެ. ކޮންމެ ޝަހްސިއްޔަތަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބުދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ފުލޯކު ވާހަކަތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ޗެޓް ކުރުމަށް އާ ޝަހްސިއްޔަތެއް އަންލޮކް ވެގެންދާނެ އެވެ.
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓައި ‘ޑިޖިޓަލް މޯލްޑިވްސް’އެއް ބިނާކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
- އުރީދޫގެ އޭއައި ޗެޓްބޮޓް މެދުވެރިކޮށް ކުއްޅަވަށްފަލު ރަނިންނާ ވާހަކަދައްކާލުމަށް

