ބ. އަތޮޅުގެ އިޔާދަކުރަނިވި ހަކަތަ މަޝްރޫއު ބިޑަށް ލައިފި

ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތަ އުފައްދައި، ކަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ދިވެހި ސަރުކާރުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީ.އައި.ބީ)ގެ ލޯނު އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ރަށްރަށުގައި ސޯލާ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ގާއިމުކުރާނެއެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގެ އިތުރުން ރ. އަތޮޅުގެ 13 ރަށާއެކު ޖުމްލަ 26 ރަށެއްގައި މި ނިޒާމު ގާއިމުކުރަން ވަނީ އިއުލާންކޮށްފަ އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ  މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރިކޮލިގައި އެޕްލިކޭޝަނަށް ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީވުމަށް 1،500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ފީ ބަލައިގަތުން ކުރިއަށް ދާނީ އަންނަ މަހުގެ 23 އާ ހަމައަށެވެ.

ފިނޭންސް މިނިސްތްރީން ބުނިގޮތުގައި މި މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިއުލާނުގައިވާ ގޮތުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.