ބީއެމްއެލް އިން މަކުނުދޫގައި ސެލްފްސާވިސް އޭޓީއެމެއް ބަހައްޓައިފި

މަކުނުދޫގައި ހުޅުވި އޭޓީއެމުން މީހަކު ހިދުމަތް ހޯދަނީ– ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓުމެންޓުތަކުގެ ތެރެއިން ހދ. މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމް އެއް މިއަދު ތައާރަފްކޮށްފި އެވެ.

ސެލްފް ސާވިސް އޭޓީއެމްގެ ސަބަބުން މަކުނުދޫގައި ދިރިއުޅޭ މީހުންނަށާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުން އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބެން ހުންނާނެ އެވެ.

ބީއެމްއެލް އިން މިހާރު ވެސް ގެންދަނީ ހދ އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމް ހިދުމަތް ފޯރުކޮށް ދެމުންނެވެ. އެ ރަށްތަކަކީ ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ އެވެ.

މަކުނުދޫގައި ޒަމާނީ އޭޓީއެމް ބެހެއްޓުމާއި ގުޅިިގެން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މަކުނުދޫގެ ރައްޔިތުންނަށް އޭޓީއެމްގެ ސަބަބުން ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށް ދެވޭނީ އުފާވާ ކަމަށެވެ.

މުޅި ރާއްޖެއަށް އޭޓީއެމްގެ ސާވިސް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 11 ރަށެއްގައި އޭޓީއެމް ބަހައްޓައިފަ އެވެ.

މުޅި ރާއްޖޭ ހިމެނޭ ބޭންކިން ވިޔުގާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 35 ބްރާންޗު، 68 ސެލްފްސާވިސް ބޭންކިން ސެންޓަރު، 129 އޭޓިއެމް، 200 އަށްވުރެ ގިނަ ކޭސް އެޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ހިސާބުތަކަށް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތުގެ ތެރެއިން ބައެއް ރަށްރަށުގައި ވަނީ ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމް ތަރައްގީކޮށްދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.