ބ. އަތޮޅުގެ ތިން ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ހަވާލުކޮށްފި

އިންޑިއާ ސަރުކާރުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑީ ޖިމް ހަދަން ހަދިޔާކުރި ތަކެތީގެ ތެރެއިން، އޭދަފުއްޓާއި ކަމަދޫއާއި ގޮއިދޫގައި ހަދާ އައުޓްޑޯ ޖިމަށް ބޭނުންވާތަކެތި އެރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރަން ސިނާން ގްރޫޕް ޕްރައިވެޓްއާ މިއަދު ހަވާލު ކޮށްފި އެވެ.

މިއަދު އެނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ.

މި ރަސްމިއްޔާތުގައި ބ .އަތޮޅުގެ ތިން ރަށާއެކު ޖުމްލަ 32 ރަށުގައި އައުޓްޖޯ ޖިމް އިންސްޓޯލް ކުރަން ސިނާން ގްރޫޕް އާއި ވަނީ ކޮށްފައެވެ.

އެކި ރަށްރަށުގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން ދިނީ، އެ ގައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ހަދިޔާ ކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. 

ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ އިންތިޒާމެއް ދިވެހިންނަށް ހަމަޖައްސައި ދިނުމަކީ ރައީސްގެ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.