ނާސްތާއަށް އަންނަ އަހަރު ކިރު ޕެކެޓަކާ އެކު ދޮންކެޔޮ ވަކަކާ ކުކުޅު ބިހެއް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާގައި — ފައިލް ފޮޓޯ

ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންނަށްދޭ ހެނދުގެ ނާސްތާ ޕްރޮގްރާމުގެ މެނޫސެޓަށް ބަދަލުގެނެސް އަންނަ އަހަރު ވެސް ކުރިއަށް ގެންދަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ދަރިވަރުންނަށް ހެނދުގެ ނާސްތާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެ ވަޑައިގެންނެވި ވައުދުގެ ދަށުން އެންމެ ފުރަތަމަ ނާސްތާ ދޭން ފެށީ 25 ސްކޫލެއްގައި މިދިޔަ އަހަރުގެ ފުރަތަމަ ޓާމުގައެވެ. އަޖުމާ ބެލުމުގެ އެ މަރުހަލާ އަށް ފަހު، ދެން ހުރި ސްކޫލުތަކުއި ވެސް މިދިޔަ އަހަރުގެ ދެވަނަ ޓާމުން ފެށީގެން އައިީ ނާސްތާ ދެމުންނެވެ.

ނަމަވެސް ކޮވިޑާ-19 ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވިފަހުން ނާސްތާ ޕްރޮގްރާމް އޮތީ މެދުކަނޑާލައިފަ އެވެ. އަދި މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ގެއިން ނާސްތާ ކޮށްގެން ދަރިވަރުން ސްކޫލަށް ދިއުމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރު ސްކޫލުތަކުގެ ހެނދުނު ދަންފަޅީގައި ކިޔަވަ ދަރިވަރުންނަށް ދެމުން ގެންދާ ނާސްތާ ޕްރޮގްރާމުގެ މެނޫސެޓަށް ބަދަލުގެނެވިފައިވާ ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމު އަންނަ އަހަރު އަލުން ފަށާއިރު ހިމަނާފައިވާނީ އެއް މެނޫ ކަމަށާއި އެ މޫނޫގައި ހިމަނާފައިވާނީ ދޮންކެޔޮ ވަކަކާ، ކުކުޅު ބިހަކާ އަދި ކިރު ޕެކެޓެއް ކަމަށެވެ.

ދަރިވަރުންނަށް ހެނދުނު ނާސްތާ ދެނީ ނާސްތާ ބޭނުންވާ ކަމަށްއެދި އެންރޯލް ކުރާ ދަރިވަރުންނަށެވެ.

ކިޔަވާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ޕްރޮގްރާމް ބަދަލުތަކަކާ އެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރު ވެސް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.