އޭދަފުށީ ބޮޑު މިސްކިތުގެ ކާޕެޓް ބަދަލުކޮށް ނެވިލޯން އަޅައިފި

އޭދަފުށި ބޮޑު މިސްކިތުގަިއ ނެވިލޯން އަޅާފައި

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑުމިސްކިތް) ގެ ކާޕެޓް ބަދަލުކޮށް ނެވިލޯން އަޅައިފި އެވެ.

ރަށުގެ ރައްޔިތުންގެ ގިނަ ބައެއްގެ އެހީތެރިކަމާއެކު އިއްޔެ ފެށި މި މަސައްކަތް މިރޭ ނިމޭނެ އެވެ. ނެވިލޯން ހަދިޔާ ކުރީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކާޕެޓް ބަދަލުކުރުމުގެ މަސައްކަތުގައި ބައެއް އާއްމު ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު ކަމަށާ މިރޭ އެއްކޮށް މި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ކޮވިޑް އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓް ތަކުގެ މަތިން ތަރަފާލު އެޅުމަށް ސަރުކާރުން އަންގަވާފައިވާތީ މި މިސްކިތުގައިވެސް ވަނީ ކާޕެޓްގެ މަތިން އާދައިގެ ތަރަފާލު އަޅާފަ އެވެ.

އެހެންވެ ކައުންސިލުގެ މަޝްވަރާއާއެކު ސަލީމް ނިންމީ މިހާރު އަޅާފައި އޮތް ކާޕެޓް ނަގައި ނެވިލޯން އަށް ބަދަލުކުރުމަށެވެ. އެއީ ކޮވިޑްގެ މި ހާލަތުގައި ސިއްހީ ގޮތުން ބަލާއިރު އެންމެ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތަކަށް އަވަސް އަވަހަށް ބަދަލު ނުކުރެވި ވާން އޮތް ހަމައެކަނި ގޮތްކަމަށް ވާތީ އެވެ.

މެންބަރު ސަލީމުގެ އެހީގައި އޭދަފުށީ ބޮޑު މިސްކިތުގައި ނެވިލޯން އަޅައިދިންއިރު، 2017 ވަނަ އަހަރު ސަލީމް ވަނީ އެ މިސްކިތް އޭސީ ވެސް ކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.