މަގުތަކުގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް މުހުލަތެއް ދީފި

ޚަބަރު
އޭދަފުށީ މަގެއްގެ އެއްކައިރީގައި ގަސްތަކެއް ހައްދާފައި. މި ފަދަ ގަސްތަކާއި ތަކެތި ނެގުމަށް ރަށޫ ކައުންސުލުންވަނީ އެއްމަސްދުވަހުގެ މުހުލަތެއް ދީފައި-- އީޓީ ފޮޓޯ / ނަވާލް
އޭދަފުށީ މަގެއްގެ އެއްކައިރީގައި ގަސްތަކެއް ހައްދާފައި. މި ފަދަ ގަސްތަކާއި ތަކެތި ނެގުމަށް ރަށު ކައުންސުލުންވަނީ ރައްޔިތުންނަށް އެއްމަސްދުވަހުގެ މުހުލަތެއް ދީފައި– އީޓީ ފޮޓޯ / ނަވާލް

 

ބ. އޭދަފުށީގެ މަގުތަކާއި ވަށައިގެންވާ ސަރަހައްދުތަކުގައި އެކި ފަރާތްތަކުން އިންދާފައިވާ ގަސްތަކާއި ބަހައްޓާފައިވާ ނެގުމަށް އެއްމަސްދުވަހުގެ މުހުލަތެއްދީ، އޭގެ ފަހުން ފިޔަވަޅު އަޅަން ފަށާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިފަދަ ކަންތައްތަކަކީ އެކި ފަހަރު ރައްޔިތުންގެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވެ، އަދި އެތައް ފަހަރެއްގެ މަތިން ރައްޔިތުންނަށް ހަނދާންކޮށްދެވިފައިވާ ކަންތައްތައް ކަމަށެވެ.

“އޭދަފުށީ މަތުތަކާއި، ވަށައިގެންވާ ސަރަހައްދުތަކުގައި އެކި ފަރާތްތަކުން އިންދާފައިވާ ގަސްގަހާއި ބަހައްޓާފައިވާ ތަކެތި 24 ޖުލައި 2014 އިން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އެތަކެއްޗާއި ގަސްތައް ނެގުމަށް އެފަދަ ފަރާތްތަކަށް އަންގަމެވެ. މިކަމަކި އެތައް ފަހަރެއްގެ މަތިން ރައްޔިތުންނަށް ހަނދާކޮށްދެވިފައިވާ ކަންކަމެވެ. އަދި އެކިފަހަރު ރައްޔިތުންގެ ބައްދަލުވުންތަކުގައި މިވާހަކަ ވާނީ ދައްކާފަ އެވެ،” ރަށު ކައުންސިލުން ނެރުނު އިއުލާނުގައި ވެ އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މިކަން މިގޮތަށް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ މަގުތަކާއި ރަށުތެރެ އަމާންތަނަކަށް ހެދުމެވެ. އެގޮތުން އަންނަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ރަށުތެރެ އަމާންތަނަކަށް ހެދުމުގެ ޕްރޮގްރާމުގެ އަމަލީ މަސައްކަތް ފަށާނެ ވާހަކަވެސް ކައުންސިލުން ބުންޏެވެ.

އޭދަފުށީގެ މަގުތަކުގައި މިގޮތަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ކައުންސިލުން މަސައްކަތް ކުރެއެވެ. ނަމަވެސް މިއީވެސް މިހާތަނަށް އޭދަފުށީ ކައުންސިލަށް ހައްލުނުކުރެވުނު މައްސަލަ އެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...