ޓޭކް އަވޭ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

އޭދަފުށި ޓައިމްސްވިޔަފާރި

މިދިޔަ ރޯދަމަހާ ދިމާކޮށް އޭދަފުށީ ޓޭކްއަވޭ ފިހާރައިން ކުރިއަށްގެންދިޔަ “ޓޭކް އަވޭ ޕްރޮމޯޝަން 2014″ގެ ނަސީބުވެރިން ހޮވައިފި އެވެ.

ބޮޑުބެރު ޝޯ އަކާއެކު މިރޭ އޮތް ގުރުއަތު ނެގުމުގައި ޕްރޮމޯޝަންގެ އެއްވަނަ އިނާމު ކަމަށްވާ ގޭސް އުނދުން ލިބުނީ ބ. ގޮއިދޫ، ވައިމަތީގޭ އަމްޖަދު އިދްރީސް އަށެވެ.

ދެވަނަ އިނާމުގެ އަވަނުގެ ހައްގުވެރިޔަކީ އޭދަފުށީ، ބަގީޗާގޭ އައުޝަމް އެވެ. ތިން ވަނަ އިނާމަކަށް ހުށަހަޅާފައިވާ ޓޯސްޓަރު ލިބުނީ އޭދަފުށީ އުއްމީދުގޭ އާއިލާ އަށެވެ.

ޓޭކް އަވޭ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އެ ފިހާރައިން 50ރ. ގެ ވިޔަފާރިއެއް ކުރުމުން ކޫޕަނެއް ދޭ ގޮތަށެވެ. ޕްރޮމޯޝަންގެ މުއްދަތަކީ ޖޫން 4 އިން އޯގަސްޓް 3 ގެ ނިޔަލަށެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...