ފުޓްސަލް ޗެލެންޖް މިއަދު ހަވީރު ފަށަނީ

އޭދަފުށި ޓައިމްސްކުޅިވަރު
އޮފީސަތުގަގެ މެދުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން.. ފައިލްފޮޓޯ
އޮފީސަތުގަގެ މެދުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން.. ފައިލްފޮޓޯ

 

އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ “އިންޓަ އޮފީސް ފުޓްސަލް ޗެލެންޖް” މިއަދު ހަވީރު ފަށާނެ އެވެ.

އޮފީސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ހުރިހާ އޮފީސް/ކުންފުނިތައް ހިމެނޭގޮތަށް ޖުމްލަ އަށް ޓީމެއް ވާދަކުރާނެ އެވެ.

މުބާރާޓުގެ ޝެޑިއުލް
މުބާރާތުގެ ޝެޑިއުލް

 

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ފެނަކަ އާއި އުރީދޫ އެވެ. ދެވަނަ މެޗުގައި ޕޮލިހާއި ދެކޮޅަށް ނުކުންނާނީ އަތޮޅު ކައުންސިލުގެ ޓީމެވެ.

މުބާރާތުގެ މެޗުތައް ކުޅޭނީ ހަވީރު އޭދަފުށީ ސްޓޭޖް ސަރަހައްދުގަ އެވެ. ފައިނަލު މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...