ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އުރީދޫ ކޮމްބައިން ޓީމު ހޯދައިފި

އޭދަފުށި ޓައިމްސްކުޅިވަރު
ޗެމްޕިއަން އުރީދޫ/ޕީޖީ/ކޯޓް އަދި މީޑިއާ ސެންޓަރުގެ ޓީމް - ފޮޓޯ / ނަވާލް
ޗެމްޕިއަން އުރީދޫ/ޕީޖީ/ކޯޓް އަދި މީޑިއާ ސެންޓަރުގެ ޓީމް – ފޮޓޯ / ނަވާލް

 

އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުރީދޫ/ޕީޖީ/ކޯޓް އަދި މީޑިއާ ސެންޓަރު ގުޅިގެން ނުކުތް ޓީމުން ހޯދައިފި އެވެ.

ސަރުކާރުގެ އޮފީސްތަކުގެ މެދުގައި، އޮފީސް/ކުންފުނިތައް ގުޅިގެން ބޭއްވި މުބާރާތް އުރީދޫ/ޕީޖީ/ކޯޓް އަދި މީޑިއާ ސެންޓަރު ގުޅިގެން ނުކުތް ޓީމު ކާމިޔާބުކުރީ ފައިނަލުގައި އަތޮޅު ހޮސްޕިޓަލުގެ ޓީމާ ވާދަކޮށް 4-0 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އުރީދޫގެ މުހައްމަދު ފާސިރު އާއި ހައްފާފު ސިދުގީ އާއި މީޑިއާ ސެންޓަރުގެ އިލްޔާސް ހުސައިން އާއި ބީއެމްއެލްގެ އިޝާން އިބްރާހީމް އާއި އަތޮޅު ހޮސްޕިޓަލުގެ އަހްމަދު އަޝްހަމް އެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ޑިވިޒަން އޮޕަރޭޝަން ކޮމާންޑަރުގެ ޑެޕިއުޓީ ހެޑް މުހައްމަދު ރިޔާޒު އެެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...