ސްޓޭޖް ޕްރެޒެންޓަރަކަށް ރަމީޒު، ބައިބަލާ ޕްރެޒެންޓަރަކަށް ހަމްޒާ

އޭދަފުށި ޓައިމްސްޚަބަރު
ހުސައިން ރަމީޒް (ކ) އަދި ހަމްޒާ (ވ)
ހުސައިން ރަމީޒް (ކ) އަދި ހަމްޒާ (ވ)

 

އޭދަފުށީ ކްލަބް ޖަމިއްޔާ ތަކާއި ކައުންސިލް ގުޅިގެން މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “ބީއެމްއެލް އީދު ފެސްޓިވަލް” ގެ ސްޓޭޖް ޝޯ ޕްރެޒެންޓަރަކަށް މަޝްހޫރު ޕްރެޒެންޓަރު ހުސައިން ރަމީޒް އަދި ބައިބަލާ މުބާރާތުގެ ޕްރެޒެންޓަރަކަށް ޓީވީއެމްގެ ނިއުސް ކާސްޓަރު ހަމްޒާ ރަޝީދު ހަމަޖައްސައިފި އެވެ.

އީދު ކުޅިވަރު އިންތިޒާމް ކޮމެޓީން ބުނީ އީދު ފެސްޓިވަލް ފެށިގެންދާނީ އީދު ދުވަހުގެ ރޭ ބާއްވާ ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު ކަމަށެވެ. އަދި މޫސުން ތަންދޭނަމަ އީދުގެ ކޮންމެ ރެއަކުވެސް ސްޓޭޖް ޝޯތައް ކުރިއަށްދާނެ ކަމަށާއި ސްޓޭޖް ޝޯ ކުރިއަށްދާ ވަގުތު އެ މައިދާނުގައި ބައިބަލާ، ވާދެމުން ވެސް ކުރިއަށްދާނެ ކަމަށް އީދު ކުޅިވަރު އިންތިޒާމު ކޮމެޓީން ބުންޏެވެ.

މީގެ އިތުރުން އީދު ފެސްޓިވަލު ސްޓޭޖް ޝޯ އަށް އަލިފާނުގެ ކުޅިވަރުތައް ދައްކުވައިދޭ ލަންކާ ގްރޫޕެއް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އީދު ކުޅިވަރު ކޮމެޓީން ބުންޏެވެ.

އީދު ފެސްޓިވަލް އިންތިޒާމު ކޮމެޓީން ބުނީ، ފެސްޓިވަލް އިންތިޒާމު ކުރުމުގައި ރަށުގެ ކްލަބް ޖަމިއްޔާ އަދި އާއްމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ. އީދު ފެސްޓިވަލް ސްޕޮންސާ ކޮށްފައިވަނީ ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް އިންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...