އޭދަފުށީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

އަންނަ މަހު ފަހުކޮޅު ފަށާ ބ. އަތޮޅު ފުޓުބޯޅަ ޗެލެންޖުގައި ވާދަކުރާ އޭދަފުށީ ޓީމުގެ ފަރިތަކުރުންތައް އިއްޔެ ހަވީރު ފަށައިފިއެވެ.
އިންޖަރީގެ މައްސަލަތަކާއި ރަށުން ބޭރުގައި ބައެއް ކުޅުންތެރިން ވުމުގެ ސަބަބުން މަދު ކުޅުންތެރިން ކޮޅަކާއެކު އިއްޔެ ޕްރެކްޓިސް ފެށި ނަމަވެސް ވަރަށް އަވަހަށް ހުރިހާ ކުޅުންތެރިންވެސް ޓީމާ ގުޅޭނެ ކަމަށް އޭދަފުށީ ޓީމުގެ ޓްރެއިނަރު މުހައްމަދު ފާސިރު (ފާއްޓޭ) ބުންޏެވެ.
މިދިޔަ އަހަރު އޭދަފުށީ ޓީމުން ފެނުނު ބައެއް މުހިންމު ކުޅުންތެރިން ވަނީ ޓީމު ފަރިތަކުރުންތައް ފެށުމުގެ ކުރިން އެހެން ޓީމުތަކަށް ކުޅެން ނިންމާފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...