ފުރަތަމަ މެޗުން ބ. އަތޮޅު ތައުލީމީ މަރުކަޒު މޮޅުވެއްޖެ

އޭދަފުށި ޓައިމްސްކުޅިވަރު
ބ. އަޓޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމް
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމް

 

މިއަދު މެންދުރު ފެށި 13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް ފަސޭހަކަމާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒު މޮޅުވީ ސީދާ ފަސް މެޗުންނެވެ.

ބ. އަޓޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމް
ބ. އަޓޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމް

 

މި މުބާރާތުގައި ތައުލީމީ މަރުކަޒު ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ހަވީރު 4:00 ގައި ނުކުންނީ މ. އަތޮޅު ތައުލީމީ މަރުކަޒާ ދެކޮޅަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މިފަހަރުގެ މުބާރާތުގައި 14 ސްކޫލުން 437 ކުޅުންތެރިން ވާދަކުރާ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...