ވިކްޓަރީ އަތުން ގޮއިދޫ އަށް ތާރީޚީ މޮޅެއް

އޭދަފުށި ޓައިމްސްކުޅިވަރު
ގޮައިދޫ ފުޓްބޯޅަ ޓީމު

ވިކްޓަރީ ސްޕޯޓްސް ޓީމާ ދެކޮޅަށް އިއްޔެ ގޮއިދޫގައި ކުޅުނު އެކުވެރިކަމުގެ މެޗު 5-0 އިން ގޮއިދޫ ޔޫތު ސޮސައިޓީ ކާމިޔާބުކޮށްފި އެވެ.

މިއީ ފަހުގެ ތާރީހުގައި ގައުމީ ފެންވަރުގެ ޓީމަކާ ދެކޮޅަށް ގޮއިދޫ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. އަދި ގޮއިދޫ ދަނޑުގައި މިފެންވަރުގެ ޓީމެއް ބަލިވެގެން ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.
ގޮއިދޫ ޔޫތު ސޮސައިޓީން ބުނީ މެޗަށްފަހު ރޭ ވިކްޓްރީގެ މެނޭޖުމަންޓާއެކު ބޭއްވި ބައްދަލުވުމުގައި މިހާރުން މިހާރަށް ވިކްޓްރީއަށް ގެންދިއުމަށް ހަތް ކުޅުންތެރިންނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވިކްޓަރީން ބުނެފައިވާ ކަމަށެވެ. އެގޮތުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، އެޓީމުގެ އަޙުމަދު ވިޝާމްއާއި، އާދަމް ނިޒާމާއި، އަޙްމަދު ނިޒާމާއި، އަޙްމަދު އިމާޒުއާއި، ޙުސައިން ސުޖާއުއާއި، ޔޫސުފު މުޙައްމަދު އަދި ޢަބްދުއްﷲ މަޖީދު އަށެވެ. މީގެ އިތުރުން އިތުރު ކުޅުންތެރިންނަށްވެސް ވިކްޓްރީން ފުރުސަތު ހުޅުވާލާފައި ކަމަށްވެސް ގޮއިދޫ ޔޫތު ސޮސައިޓީން ބުންޏެވެ.

މިއީ ގޮއިދޫގެ ތާރީޚުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަ ކުރައްވާ މެޗު އިންތިޒާމް ކުރި ގޮއިދޫ ޔޫތު ސޮސައިޓީން ބުނީ މީއީ ޓީމުގެ ކުޅުންތެރިން ދެއްކި ޓީމްވޯކްގެ ނަތީޖާއާޢި ހިތްވަރުކަމަށެވެ. އަދި ހިތްވަރާއެކު މަސައްކަތް ކޮއްފިނަމަ ކޮންމެ ޓީމެއްވެސް ބަލިކޮށްލުމަކީ މާ އުނދަގޫ ކަމެއް ނޫންކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މިއަހަރު އަތޮޅުގެ ރަށްރަށާއި އެކު އިތުރު މެޗުތައް ކުޅުމަށް ރާވަމުން އަންނަކަމަށްވެސް ގޮއިދޫ ޔޫތު ސޮސައިޓިން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...