ދަރަވަންދޫގައި އައިކޭމްޕެއް ބާއްވަނީ
ބ. ދަރަވަންދޫ ސިއްހީ މަރުކަޒާއި އެރަށު މާސްޓަރ ޓްރެކް ސްޓޫޑިއޯ ގުޅިގެން އައިކޭމްޕެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މާސްޓަރ ޓްރެކް ސްޓޫޑިއޯ އިން ބުނިގޮތުހައި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ދަރަވަންދޫ ސިއްހީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިކޭމްޕްގައި ލޯ ސްކްރީން ކުރުމާއި ނަންބަރ ނަގައިދިނުން އޮންނާނީ ހިލެއެވެ. އަދި މި އައި ކޭމްޕްގައި އެކިބޭފުޅުންނާގުޅޭ ތަފާތު ޑިޒައިންތަކުގެ ފްރޭމް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށްވެސ މާސްޓަރ ޓްރެކް ސްޓޫޑިއޯ އިން ބުންޏެވެ.
މި އައިކޭމްޕަގައި ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދެވުމަށް ގުޅުއްވާނީ 7994523 ނުވަތަ 7991987 ނަންބަރު ފޯނާ އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
