އަދާލަތު ޕާޓީގެ ޓީމެއް ބ. އަތޮޅުގައި

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން

އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕޭނުގެ ދަށުން އެ ޕާޓީގެ އިސް ވެރިންގެ ޓީމެއް ބ. އަތޮޅުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

މިދަތުރުގައި އަދާލަތު ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ދޮރުން ދޮރަށް ހިނގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ.

ބ. އަތޮޅަށް އަދާލަތު ޕާޓީން މިކުރާ ދަތުރުގައި އެ ޕާޓީގެ ރައީސް އިމްރާން  ޢަބްދުﷲ އާއި ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް ޢިލްޔާސް ޙުސައިންގެ އިތުރުން ޕާޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އަދާލަތުޕާޓީގެ މި ކެމްޕޭނަކީ އެޕާޓީއަށް 10 ހާސް މެމްބަރުން ހަމަކުރުމަށް ހިންގާ ކެމްޕޭނެކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...