ތުޅާދޫއަށް ދިޔަ އަދާލަތު ޕާޓީގެ ޓީމަށް ހުރަސްއަޅައިފި

ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް ޕާޓީއަށް ތާއީދު ހޯދުމަށްޓަކައި އަދާލަތު ޕާޓީން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންގެންދާ ދަތުރުތަކުގެ ތެރެއިން މިއަދު ބ. ތޫޅާދޫ އަށް ދިޔަ އެ ޕާޓީގެ ޓީމަކަށް ބަޔަކު ހުރަސް އަޅައިފި އެވެ.
އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ޕާޓީގެ ރައިސް އައްޝައިޚް އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައިގެން މިއަދު މެންދުރެއްހާއިރު ތުޅާދޫއަށް ދިއުމުން އެރަށުގެ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އަދާލަތު ޕާޓީގެ ޓީމަށް ހުރަސްއަޅައި ރަށަށް ނޭރުމަށް އިންޒާރުދީ އަދި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެރަށު ރައްޔިތުންގެ އެއްބާރުލުމާއެކު އެރަށް އަރާފައިވާ ކަމަށާއި ރަށުގެ ގިނަ ބަޔަކު އެ ޕާޓީއަށް ވަނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އަދާލަތު ޕާޓިން ބުންޏެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަމުންދަނީ އަދާލަތު ޕާޓީއަށް ރާއްޖޭގެ ރައްޔިތުން ކުރަމުންދާ ތާއީދާއި އެ ޕާޓީއަށް ވަންނަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަން ހަޖަމު ނުކުރެވިގެން ކަމަށެވެ.
އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕޭނުގެ ދަށުން އެ ޕާޓީގެ އިސް ވެރިންގެ ޓީމެއް އިއްޔެއިން ފެށިގެން މިއަތޮޅުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...