މުބާރާތުން އޭދަފުށި ކަޓައިފި
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ނުލިބި އޭދަފުށީ ޓީމު މުބާރާތުން ކަޓައިފި އެވެ.
މުބާރާތުގެ ތިން ގުރޫޕުން ތިން ވަނަ އަށް ދާ ތިން ޓީމުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށް ކުއާޓާގެ ފުރުސަތު ދޭތީ، އޭދަފުއްޓަށް އޮތް ހަނި ފުރުސަތު އިއްޔެ ގެއްލުނީ އިއްޔެ ހަވީރު ގްރޫޕް 3 ގެ މަހިބަދޫއާއި ކެލާ ނާޅި ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު މަހިބަދޫއަށް ކުއާޓާގެ ޖާގަ ކަށަވަރުވި އިރު، ދެން ކުއާޓާގައި ވާދަކުރާނެ ޓީމެއް ހޮވަން ޖެހުނީ ގުރުއަތު ނަގާށެވެ. އެއީ އޭދަފުށްޓާއި ބީޖީ ސްޕޯޓްސްގެ ނަތީޖާ ހުރިހާ ގޮތަކުން ހަމަހަމަ ވެފައި ވާތީއެވެ. އޭދަފުށްޓާއި ބީޖީ ސްޕޯޓްސްގެ މި ގުރުލުން ކާމިޔާބުކޮށް ކުއާޓާގެ ފަހުޖާގަ ހޯދީ ބީޖީ ސްޕޯޓްސްއެވެ.
ޖުމްލަ ބާރަ ޓީމު ވާދަކުރި މި މުބާރާތުގެ ކުއާޓާފައިނަލުގައި އަށް ޓީމް ވާދަކުރާއިރު، މުބާރާތުން ކެޓި އަނެއް ތިން ޓީމަކީ ހުސްވި އަހަރުގެ ޗެމްޕިއަން ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބް ގްރީން ސްޓްރީޓް އާއި އޭވައިއެލް އެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
