ނެޓްބޯޅަ ލީގުގެ ފުރަތަމަ މެޗުން އޭދަފުށި މޮޅުވެެއްޖެ

އޭދަފުށި ޓައިމްސްކުޅިވަރު
. ޓީމު އޭދަފުށި
. ޓީމު އޭދަފުށި

 

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިރޭ މާލޭގައި ފެށި “ރަމަޟާން ނެޓްބޯޅަ ލީގު” ގައި ޓީމު އޭދަފުށި ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

މާލޭ އެވެންޖާ ޓީމުގެ މައްޗަށް 14-24 ޕޮއިންޓުން އެޓީމު ކުރި ހޯދިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ ޖުނައިނާ ޖާދުﷲ (ޖުނޭ) އެވެ.

މުބާރާތުގައި ޓީމު އޭދަފުށި ކުޅޭ ދެ ވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ ފިއޮންޓީ ސީނިއާސް އާ ދެކޮޅަށް ނުކުންނައިރު ތިން ވަނަ މެޗުގައި ޢަދީއްތަ ދުވަހުގެ ރޭ ނުކުންނާނީ އެމްއެޗް ލެގާލްޒް އާ ދެކޮޅަށެވެ.

މުބާރާތުގެ ކުޅުން ކުރިއަށް ދަނީ މާލޭ ކުޅިވަރު އެކުވެނި ނެޓްބޯޅަ ކޯޓުގަ އެވެ.

މި މުބާރާތަށް އޭދަފުށީ ޓީމު ސްޕޮންސަކުރީ މާލޭ ލިޓަސް އޮޓޯމޮބައިލް އާއި ސްޕޯޓްސްލޭންޑް އަދި ލިންޗްޕިން ގެ އިތުރުން އޭދަފުށީ އޮޒޯކް ސްޕޯޓްސް އިންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...