ނެޓްބޯޅަ ލީގުގެ ދެވަނަ މެޗުން އޭދަފުށީ ޓީމު ބަލިވެއްޖެ

ތޯރިގް އަބްދުއްރަހުމާނުކުޅިވަރު
ނެޓްބޯޅަ ލީގުގައި ވާދަކުރާ އޭދަފުށީ ޓީމު
ނެޓްބޯޅަ ލީގުގައި ވާދަކުރާ އޭދަފުށީ ޓީމު

 

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ “ރަމަޟާން ނެޓްބޯޅަ ލީގު”ގައި ޓީމު އޭދަފުށި ރޭ ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެ އެވެ.

މާލޭ ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ޓީމު އޭދަފުށި، ފިއޮންޓީ ސީނިއާސް އަތުން ބަލިވީ 35-18 ޕޮއިންޓުންނެވެ.

މުބާރާތުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުން ބުރާސްފަތި ދުވަހުރޭ ޓީމު އެވެންޖާ އަތުން 24-11 ޕޮއިންޓުން ވަނީ މޮޅުވެފަ އެވެ.

މުބާރާތުގައި ޓީމު އޭދަފުށި ކުޅޭ ތިން ވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ އެމްއެޗް ލެގާލްޒް އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...