ރަމަޟާން ނެޓްބޯޅަ ލީގް: ޓީމު އޭދަފުށި ސެމީ ފައިނަލަށް

އޭދަފުށި ޓައިމްސްކުޅިވަރު
ޓީމު އޭދަފުށި
ޓީމު އޭދަފުށި

 

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ “ރަމަޟާން ނެޓްބޯޅަ ލީގް” ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ރޭ އެމްއެޗް ލީގާލްޒް އަތުން ތަފާތު ބޮޑުކޮށް 24-5 އިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ޓީމު އޭދަފުށި ޖާގަ ހޯދައިފި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމު އޭދަފުށީގެ ޚަދީޖާ ނައުޝާ އެވެ.

 މެޗުގެ މޮޅު ކުޅުންތެރިޔާ ޚަދީޖާ ނައުޝާ
މެޗުގެ މޮޅު ކުޅުންތެރިޔާ ޚަދީޖާ ނައުޝާ

ސެމީގައި މިރޭ 11:00 ގައި ޓީމު އޭދަފުއްޓާ ދެކޮޅަށް ކުޅޭނީ ފިއޮންޓީ ޖޫނިއާސް އެވެ.

ސޯޝަލް ސެންޓަރުގެ އައުޓްޑޯ ނެޓްބޯޅަ ކޯޓްގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލު މެޗުގައި އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް މާލޭގައި ދިރިއުޅޭ އޭދަފުށީގެ ވީހާވެސް ގިނަ ބަޔަކު ދިއުމަށް ޓީމު އޭދަފުށިން އެދެ އެވެ.

“އީޓީ” ގެ ފަރާތުން ޓީމު އޭދަފުއްޓަށް ކާމިޔާބީ އަށް އެދެމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...