ހާފިޒުންގެ އެހީތެރިކަމާއެކު ދަރަވަންދޫގައި ގުރުއާން ކުލާސްތަކެއް

ދަރަވަންދޫގައި ކުރިއަށްގެންދާ ގުރުއާން ކުލާސްތަކުގައި ހާފިޒުން ކިޔަވައިދެނީ -- ފޮޓޯ: ދަރަވަންދޫ ކައުންސިލް
ދަރަވަންދޫގައި ކުރިއަށްގެންދާ ގުރުއާން ކުލާސްތަކުގައި ހާފިޒުން ކިޔަވައިދެނީ — ފޮޓޯ: ދަރަވަންދޫ ކައުންސިލް

 

ބ. ދަރަވަންދޫގައި މި ރޯދަ މަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނައި ހާފިޒުން މެދުވެރިކޮށް އެރަށުގެ ރައްޔިތުންނަށް ޤުރުއާން ކްލާސްތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

ދަރަވަންދޫ ކައުންސިލުން ބުނިގޮތުގައި މި ކްލާސްތަކަކީ އެރަށުގައި ދިރިއުޅޭ ކޮންމެ ރައްޔިތަށްވެސް ބައިވެރިވެވޭގޮތަށް އެކި އުމުރު ފުރާތަކަށް ވަކިން ކުރިޔަށްގެންދާ ކްލާސްތަކެކެވެ. އަދި މިހާތަނަށް ބޮޑެތިމީހުންނާއި ކުޑަކުދިން ހިމެނޭގޮތަށް ޖުމްލަ ސާޅީހަށްވުރެ ގިނަ ބައިވެރިން މިކްލާސްތަކަށް ކިޔަވަން އަންނަކަމަށްވެސް ދަރަވަންދޫ ކައުންސިލުން ބުންޏެވެ.

ދަރަވަންދޫގައި ކުރިއަށްގެންދާ ގުރުއާން ކުލާސްތަކުގައި ހާފިޒުން ކިޔަވައިދެނީ -- ފޮޓޯ: ދަރަވަންދޫ ކައުންސިލް
ދަރަވަންދޫގައި ކުރިއަށްގެންދާ ގުރުއާން ކުލާސްތަކުގައި ހާފިޒުން ކިޔަވައިދެނީ — ފޮޓޯ: ދަރަވަންދޫ ކައުންސިލް

 

ދަރަވަންދޫ ކައުންސިލުން ބުނީ މި ކްލާސްތަކަކީ ރަމަޟާންމަހާ ގުޅިގެން އެރަށުގެ އާންމުންނަށް ތަޖްވީދުމަގަށް ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ކުރިޔަށްގެންދާ ކްލާސްތަކެއް ކަމަށެވެ.

ދަރަވަންދޫގައި ކުރިއަށްގެންދާ ގުރުއާން ކުލާސްތަކުގައި ހާފިޒުން ކިޔަވައިދެނީ -- ފޮޓޯ: ދަރަވަންދޫ ކައުންސިލް
ދަރަވަންދޫގައި ކުރިއަށްގެންދާ ގުރުއާން ކުލާސްތަކުގައި ހާފިޒުން ކިޔަވައިދެނީ — ފޮޓޯ: ދަރަވަންދޫ ކައުންސިލް

 

މި ކްލާސްތައް މިރަމަޟާން މަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ދަރަވަންދޫ ކައުންސިލުން ބުންޏެވެ. މި ރޯދަމަހު އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރުމަށް 4 ހާފިޒުން ދަރަވަންދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...