ގޮއިދޫ ސްކޫލްގެ ޤުރްއާން މުބާރާތް ފަށައިފި

ބ. ގޮއިދޫ ސްކޫލުގެ ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ ފޮޓޯ 0 ގޮއިދޫ ސްކޫލު
ބ. ގޮއިދޫ ސްކޫލުގެ ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ ފޮޓޯ / ގޮއިދޫ ސްކޫލު

 

ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން ބ. ގޮއިދޫ ސްކޫލުން ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތެއް މިއަދު ހެނދުނު ފަށައިފިއެވެ.

ގޮއިދޫ ސްކޫލުން ބުނީ އެ ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވަ މި މުބާރާތުގައި 52 ދަރިވަރުން ވާދަ ކުރާކަމަށެވެ. މިއީ ދަރިވަރުންގެ ހިތްތަކުގައި ކިރީރި ޤުއުއާން ލޯބި ޖައްސައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ދަރިވަރުންނަށް ޤުރުއާން ކިޔެވުމަށް ދަސްކޮށް ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށްވެސް ގޮއިދޫ ސްކޫލުން ބުނެއެވެ.

މިއަދު މެންދުރު ފަހު ކިޔެވުން ނިންމުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހިތާދޫ ސްކޫލުން ނާއި ފުޅަދޫގެ އެހީތެރިކަން ލިބިފައިވާތީ ފުޅަދޫ އިބްރާހިމް ނިޔާޒާއި ހިތާދޫ ސްކޫލަށް ގޮއިދޫ ސްކޫލުން ޝުކުރުއަދާކުރެއެވެ.

މި މުބާޜާތުގައި ފަނޑިޔާރު ކަން ކޮށްދެއްވަނީ ހިތާދޫ ސްކޫލުގެ ޤްރުއާން މުދައްރިސް އަލްޤާރީ އީސްޙާޤު އިބްރާހިމް އާއި ހިތާދޫ ސްކޫލުގެ ޓީޗަރ މުހައްމަދު ނައީމު އަދި ބ. ފުޅަދޫ އިބްރާހިމް ނިޔާޒެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...